އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނުމެޗުން މެންޗަސްޓާޔުނައިޓެޑް ބަލިކޮށް މެންޗަސްޓާސިޓީއިންތާވަލްގެ އެއްވަނައިގައި ފަރަގު ބޮޑުކޮށްފިއެވެ.
ސިޓީ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ލިވާރޕޫލްއަށްވުރެ އެއްމެޗު އިތުރަށްކުޅެ 6 ޕޮއިންޓުގެ ލީޑެއްގައެވެ.
މެންޗަސްޓާ ޑާބީ މެޗުން ސިޓީ ކުރިހޯދީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗަކީ ވޭތުވެ ދިޔަ 2 އަހަރު ތެރޭ މި ދެޓީމް ބައްދަލުކުރި 6 މެޗުގައި ދެ ގޯލަށްވުރެ އިތުރަށް ގޯލް ފެނުނު ހަމައެކަނި މެޗެވެ.
މުޅިމެޗުގައިވެސް މޮޅަށް ކުޅެމުންދިޔަ ސިޓީގެ ގޯލްތަށް ޖަހައިދީފައިވަނީ ޑި ބުރައިނާ އަދި މަހަރޭޒް އެވެ. ފުރަތަަމަ ގޯލް ބާނާޑޯސިލްވާގެ އެހީތެރިކަމާއެކު މެޗުގެ 5 ވަަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިބުރައިނާއެވެ. މިއީ އިނގިރޭސި ލީގުގައި ޑިބުރެއިނާގެ 50 ވަނަ ގޯލެވެ.
މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ޑިބުރައިނާގެ ދެވަނަ ގޯލް ޖަހައިފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައެވެ. ޑިބުރައިނާގެ އެހީތެރިކަމާއެކު 68 ވަނަ މިނެޓުގައި މަހަރޭޒް ފުރަތަމަ ގޯލް (ސިޓީގެ 3 ވަނަގޯލް) ޖެހިއިރު މަހަރޭޒްގެ ދެވަނަ ގޯލް (ސިޓީގެ 4 ވަނަ ގޯލް) ޖަހައިފަވަނީ ބަދަލު ކުޅުންތެރިޔެއްގެގޮތުގައި ކުޅެން ނުކުއިން ގުންޑޮގެންގެ އެހީތެރިކަމާއެކުގައެވެ. މި ގޯލް ޖެހުމުން ފުރަތަމަ ވަނީ އޮފްސައިޑަށް ދައްކާފައެވެ. ވީއޭއާރު ބެލުމަށްފަހު ފަހުންވަނީ ގޯލެއްކަމަށް ނިއްމާފައެވެ.
މި މެޗުގައި ޔުނައިޓެޑް ގެ ހަމަ އެކަނި ގޯލް ޖަހާފައިވަނީ 22 ވަނަ މިނެޓުގައި ޕޮގްބާގެ އެހީތެރިކަމާއެކު ސަންޗޯއެވެ. މެޗުގެ 77 ޕަސަންޓް ބޯޅަ ހިފައްޓައގެން ކުޅުނު ސިޓީއިންވަނީ 14 ހަމަލާއެއް ފޮނުވާލައިފައެވެ. އޭގެ ތެރެއިން 9 ހަމަލާ ގޯލާ އަމާޒުވީއިރު ޔުނައިޓެޑަށް ފޮނުވާލެވުނީ 3 ހަމަލާއެވެ. ގޯލާ އަމާޒުވީ 2 ހަމަލާއެވެ.
މި މެޗުން ބަލިވުމުން ޔުނައިޓެޑް ވަނީލީގް ތާވަލްގެ 5 ވަނަ އަށް ވެއްޓިފައެވެ. ޔުނައިޓެޑަށް 5 ވަނަ ލިބެނީ 28 މެޗުން ލިބުނު 47 ޕޮއިންޓާއެކުގައެވެ.
ލީގު ގައި އާދާއްތަ ދުވަހުގެ ރޭ އާސެނަލް އަދި ވޮޓްފޯޑް ބައްދަލު ކުރިމެޗް 3-2 ގެ ނަތީޖާއިން އާސެނަލް މޮޅުވެ ވަނީ ލީގް ތާވަލްގެ 4 ވަނަ އަށް ޖެހިލާފައެވެ. ކުޅުނު 25 މެޗުން އާސެނަލް އަށް ލިބެނީ 48 ޕޮއިންޓެވެ. މި މެޗުން ބަލިވިވޮޓްފޯޑް 27 މެޗުން ލިބުނު 19 ޕޮއިންޓާއެކު އޮތީ ރެލިގޭސަން ޒޯންގެ ތާވަލްގެ 19 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!