ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރަށްވާފައިވާ އަޙްމަދު ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ްއެ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވީ މިއަދު ކުރިއަށްދާ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާ ގައި އެވެ.

Ad
rt

ވެންޓިލޭޓަރު ތަކުގެ މައްސަލާގައި އިތުބާރުގެ މައްސަލައެއް މަޖިލިސްއަށް ވެއްދުމުން އޭރު ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި ޢަބުދުﷲ އަމީން އިސްތިއުފާ ދެއްވުމުން، ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަނު ކުރެއްވީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވިއިރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ނަސީމަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ވަރަށް އިސް ބޭފުޅެކެވެ.

ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވުމުގެ އިތުރުން ނަސީމް ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭނާ އަކީ ހާރިޖީ ދާއިރާގެ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.