އުރީދޫ މޯލްޑިވްސްއިން ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ސަބްމެރިން ކޭބަލަކުން ކާމިޔާބުކަމާއެކު ގުޅާލައިފިއެވެ.

މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލެވުނު ފުރަތަމަ ފަހަރެވެ.

Ad
rt

މި ސަބްމެރިން ކޭބަލް ވަނީ މާފުށި މެދުވެރިކޮށް، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާ ގުޅާލެވިފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީއާއި ރެޒިލިއަންސް އަދި ސްޕީޑާއެކު ކަށަވަރުވެގެންދާނެއެވެ.

2 އޮގަސްޓް 2025 ގައި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ބޭއްވުނު ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޙަމާދީގެ އިތުރުން އެކި ދާއިރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

"ވޭތުވެދިޔަ 20 އަހަރު އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުނި" ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

މި ރިސޯޓަކީ ޑުއަލް ރިޑަންޑަންސީ އާއި ޑެޑިކޭޓެޑް ސަބްމެރިން ކޭބަލަކާއި ޕްރައިވެޓް 5ޖީ އަށް ތައްޔާރު ވެފައިވާ އަދި އެޑްވާންސް ޓްރީ ޓަވަރެއް ހިމެނޭ ރާއްޖޭގެ ފުރަތަމަ ރިސޯޓެވެ. މިކަމުގެ ސަބަބުން ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި އިނޮވޭޝަނަށް އާ މިންގަނޑެއް ކަނޑައެޅިގެންދާނެއެވެ.

ޓުއަރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި، "2005 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އުފެދުނީއްސުރެ، ޑިޖިޓަލް ދަތުރަކުން އެއްވެސް މީހަކު ބާކީ ނުކުރުމަށް ޓަކައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައި" އެވެ.

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލަކް ވިދާޅުވީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި މި މުހިންމު އިވެންޓް ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެލިވޭޓެޑް ލަގްޒަރީ އަދި ޕާސަނަލައިޒްޑް ސަރވިސް ރަމްޒުކޮށްދޭ މަންޒިލެއްގެ ހައިސިއްޔަތުން، މިއަދުގެ ދުނިޔޭގެ ދަތުރުވެރިންގެ އަބަދުވެސް ބަދަލުވަމުންދާ ބޭނުންތައް ފުއްދުމުގައި ސީމްލެސް ކަނެކްޓިވިޓީގެ މުހިންމު ދައުރެއް އަޅުގަނޑުމެންނަށް ވިސްނޭ."

އުރީދޫ މޯލްޑިވްސް ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް ފެށީއްސުރެ 20 އަހަރު ފުރުން ފާހަގަކުރާ އިރު، މި މުހިންމު ޕްރޮޖެކްޓްގެ ސަބަބުން އެ ކުންފުނީގެ ޑިޖިޓަލް މޯލްޑިވްސް ވިސްނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ. މުޖުތަމަޢުތައް ބާރުވެރިކުރުވައި، އިޤްތިޞާދީ ބަދަލުތައް ގެނައުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތް ޑިޖިޓަލް ބައިބައިވުން ނައްތާލުމަށް، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ، ދިވެހީންނާއި ހިސާބަށް މެދުކެނޑުމެއްނެތި ލިބިގެންދާ ތަޞައްވުރެކެވެ.