‏ޤާނޫނުއަސާސީގެ ފުރަތަމަ ބާބުން ދިވެހި ދައުލަތުގެ 3 ބާރު ވަކިކުރެވިފައިވާއިރު، ޤާނޫނު ހެދުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައިގަތުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަަށް ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކްރައިމިނަލް ކޯޓްގެ އިސް ފަނޑިޔާރުކަން ކުރަށްވާފައިވާ ހައިލަމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކޮށްފައިވާ ޓުވީޓެއް ހިއްސާ ކުރަށްވަމުންނެވެ.

Ad
rt

މަޖިލިސްގެ އެ ޓުވީޓުގައި ބުނެފައިވަނީ، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމެވި ނިންމެވުންތައް ތަންފީޛުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަންގަވައިފިކަމަށެވެ. އެޔަށްފަހު އެކަމާގުޅޭ ނޫސްބަޔާން ވަނީ ޓުވީޓުގައި ހިމަނާފައެވެ.

މަޖިލިސް ރައީސްގެ އެ އެންގެވުމަށް ހައިލަމްގެ އިތުރުން ގިނަ ބަޔަކުދަނީ ފާޑު ކިޔަމުންނެވެ. މަޖިލިސް ރައީސްގެ އެ އެންގެވުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ބާރުތަށް މަޖިލިސް ރައީސް އަތަށް ނެންގެވުންކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިއުންވަނީ މަޖިލިސް ރައީސްއަށް އަމާޒު ވެފައެވެ.