ގައުމީ ބޭންކަށް އޮޅިގެން ޖަމާކުރެވުނު އެއް ޓްރިލިއަނަށްވުރެއް ގިނަ ދިވެހި ރުފިޔާ އަންބުރާ އަތުލައިފި އެވެ.

ދިވެހިންގެ ގައުމީ ބޭންކްއަށް މިއަދު ވަނީ، ލިލީ ބިޗް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްގެ އެކައުންޓަށް މުސާރައިގެ ގޮތުގައި 77 ބިލިއަން އެމެރިކާ ޑޮލަރު އޮޅިގެން ޖަމާ ކުރެވިފަ އެވެ.

Ad
rt

ފޮނުވަން ޖެހޭ ފައިސާގެ އަދަދުގެ ބަދަލުގައި އެކައުންޓް ނަންބަރު ޖެހުމުން ބައެއް ފަރާތްތަކުގެ އެކައުންޓަށްވަނީ 77300004052.59 ޑޮލަރު ދިވެހި ރުފިޔާއިން ބަލާނަމަ (1187328062238.72 ރުފިޔާ) އެއް ޓްރިލިއަން އެއް ސަތޭކަ އަށްޑިހަ ހަތް ބިލިއަން ތިން ސަތޭކަ އަށާވީސް މިލިއަން ފަސްދޮޅަސް ދެ ހާސް ދުއިސައްތަ ތިރީސް އަށްރުފިޔާ 72 ލާރި ޖަމާވެފަ އެވެ.

މިއާއި އެކު ބީއެމްއެލްގެ އިންޓަރނެޓް ބޭންކިން އަދި މޮބައިލް އިންޓަރނެޓްގެ ޚިދުމަތްތައް އެކީ ހެން ވަނީ މެދުކަނޑާލާފަ އެވެ. މީއެމްއެލްއިން ވަނީ މިފަދަކަމެއް ދިމާވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ބީއެމްއެލްއިން ބުނީ މިއީ ފައިސާ ދެއްކުމުގެ މަރުޙަލާގައި "ހިއުމަން އެރޯއެއް" އަރާފައިވާ ކަމަސެވެ. މިކަމުގެ ސަބަބުން، ބައެއް އެކައުންޓުތަކަށް ރަނގަޅުނޫން ގޮތެއްގައި ފައިސާ ޖަމާކުރެވިފައިވާކަމަށެވެ.

"މި އެކައުންޓުތައް ދެނެގަނެވި، މިހާރު ވަނީ އަނބުރާ ގެނައުމުގެ މަސައްކަތް ނިންމާފަ"

މީސްމީޑިޔާގެ މަންސަ ތަކުގައި ބީއެމްއެލްއިން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގިނަބަޔަކު އެޚިދުމަތަކަށް ބަރޯސާވެފައިވާ ބީއެމްއެލްއިން ބުނީ، މި ހާދިސާއަކީ މުސާރަ ދިނުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ފައިސާ ދެއްކުމުގެ ނިޒާމަށް ފަހުން ގެނެވުނު ބަދަލަކާ ގުޅިގެން ހިނގި މި ވަކި ހާދިސާގެ ސަބަބުން އެއްވެސް މާލީ ގެއްލުމެއް ވެފައިނުވާކަމަށެވެ.

މިއަދު މިހިނގާދިޔަ ހާދިސާއާއި ގުޅިގެން މީސްމީޑިޔާގައި ގިނަބަޔަކު ބީއެމްއެލްއަށް ފާޑުކިޔަމުން އަންނައިރު މިކަމަށް ރައްދުދެމުން އެފަރާތުން ބުނީ، އަޅުގަނޑުމެންގެ ނިޒާމުތަކަކީ ރައްކާތެރި ނިޒާމުތަކެއްކަން އަޅުގަނޑުމެން ކަސްޓަމަރުންނަށް ޔަގީންކޮށްދޭކަަމަށެވެ.

އިންޓަނެޓް އަދި މޯބައިލް ބޭންކިންގ ޚިދުމަތަށް އައި ދަތިކަމަށްޓަކައި ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ކިބައިން އެކުންފުނިން ވަނީ މަޢާފަށް އެދިފަ އެވެ.