ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާތައް މި މަހު 21 ގައި ފަށަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން ވިދާޅުވީ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މި ހުގެ 21 ވާ ހޯމަ ދުވަހުގެ ހެނދުނު ބޭއްްވުމަށް ނިންމާފައިވާ ކަމަށެވެ. މި ޖަލްސާ ފަށާނީ އެ ދުވަހުގެ ހެނދުނު 9 ޖަހާއިރު ކަމަށެވެ.
އެހެންނަމަވެސް އެ ދުވަހުގެ އެޖެންޑާ އަދިހާމަކުރައްވާފައެއް ނުވެއެވެ.
މިދިޔަ ބޮޑު އީދު ބަންދުގެ ކުރިން މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީ އަށް ގޮސްފައިވާއިރު، އެ ދައުރު ނިންމައިލީ މުހިންމު މަސައްކަތްތަކެއް ނުނިންމާ ބެހެއްޓުމަށްފަހުއެވެ. އަދި މަޖިލީހުގެ އެ ދައުރު ނިންމާލާފައިވަނީ އެމްޑީޕީން، ދައުރު ނިންމައިނުލާ ދަންމާލުމަށް އެދެމުން ދަނިކޮށް ޖޫން 22 ގައެވެ.
އެހެންނަމަވެސް އެމްޑީޕީން އެދިގެން ދައުރުން ބޭރުގައި ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.
ފުރަތަމަ ޖަލްސާގައި ވެސް އެ މަސައްކަތް ކުރިއަށް ނުގެންދެވި ނިންމައިލިއިރު، ދާއިމީ ކޮމިޓީތައް ފާސްކޮށްފައިވަނީ ދެ ވަނަ ޖަލްސާގައެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ހިސާބުންނެވެ.
ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން ވެސް މި އަަހަރުގެ ދެވަނަ ދައުރުގައި ދެ ޖަލްސާއެއް ކެންސަލް ވެސް ކުރަން ޖެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!