ބޮޑެތި އިސްލާހްތަކާއި އެކު ލާމަރުކަޒީ ބިލް މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވަނީ މިހާރު ކުރިއަށްދާ މަޖިލިސް ޖަލްސާގައެވެ.

Ad
rt

ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ. އެ އިސްލާހު ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށްގެން ތަޅުމާ ހަަމައަށް ގެނައިއިރު ކައުންސިލަރުން މަގާމުން ވަކިކުރެވޭ ގޮތަށް ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން އެލްޖީއޭއިން މައްސަލަ ބަލައި މަޖިލީހަށް ފޮނުވުމުން މަޖިލީހަށް ކައުންސިލަރުން ވަކި ކުރެވޭ ގޮތަށް ކޮމިޓީއިން ވަނީ ބަދަލުގެނެސްފަ އެވެ.

ނަމަވެސް ކޮމިޓީއިން އެ ނިންމުން ބަދަލު ކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މަޖިލީހުގެ ތަޅުމަށް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. ސަނީފުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ އެވެ. އެ އިސްލާހު ފާސްވީ މަޖިލީހަށް މިއަދު ހާޒިރުވެސް ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 75 މެމްބަރުންގެ ވޯޓާ އެކު އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހެޅި އިސްލާހްތަކާއި، މަޖިލީހުން ގެނައި އިސްލާހްތަކަށްފަހު ބިލަށް ވޯޓަށް އެހުމުން، ފާސްކުރުމަށް ވޯޓް ދެއްވާފައިވަނީ މަޖިލީހުގެ 76 މެމްބަރުންނެވެ.