ޗިކަން ޕޮކެޓް ތައްޔާރު ކުރަން ބޭނުންވާ ތަކެތި
6 ފަރާޓާ ނުވަތަ ރޮށި
6 ކުކުޅު މަސްކޮޅު ތެލުލާފަ (ތެލުލާނީ މުގުރި އަސޭމިރުސް، ލޮނު، ގާލިކު ޖިންޖާ ޕޭސްޓް އެއްކޮށް މިކުސް ކޮއްލާފަ ކުކުޅު ކޮޅު ހިމަ ދިގުކޮށް ކޮށާފަ. ކޮންމެ އެތިކޮޅެއްގަ 5 އިންޗި ހުންނަ ވަރަށް. މިކުސް ކޮއްފަ ފާރޮށި ކުޑިލާފަ ތެލުލާނީ)
6 ކުދި ލެޓިއުސް ކޮޅު
3 ފޮތި ޗީޒް, (4 ބަޔަށް ބައި ކޮށްލާފަ)
ތައްޔާރު ކުރާނެގޮތް
ފަރާޓާ ފިހެލާފަ މަތީގައި މަޔޮނައިޒް ނުވަތަ ޗިކަން ސްޕްރެޑް ކޮޅެއް ހާކާލާފާ ލެޓިއުސް ކޮޅު ފަރާޓާގެ ކޮޅުގަ ބާއްވާލާށެވެ. ލެޓިއުސް މަތީގަ ތެލުލި ކުކުޅު ކޮޅު އޭގެ މަތީ 2 ޗީޒް ކޮޅު ކަން ކުއްޗަށް ބާއްވާލާށެވެ. މިހާރު ފަރާޓާގެ އެއްބައި އޮންނާނީ ހުސްކޮށް ނެވެ. ހުސްކޮށް އޮތްބައި ޕޮކެޓް އެއް ވާގޮތައް ފައްޖަހާލީމަ ހުންނާނީ ތައްޔާރުވެފަ އެވެ. އަހަރެމެން ކެއީ ނުފިހެ ނަމަވެސް، ބޭނުން ކަމަށް ވާނަމަ ފިހެލެވި ދާނެ އެވެ.
މިއީ ތައްޔާރުކޮށްލަން ފަސޭހަ އެހާމެ ލުއި މީރު އެއްޗެކެވެ. ޗިލީ ސޯސް އާއި އެކު ރޯދަ ވީއްލާ ގަޑިއަށް ވަރަށް ކަމުދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!