ތަކެތީގެ އަގު ކޮންޓްރޯލު ކުރުމަށް ގޮވައިލާ، ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި މި ގަރާރު ވަނީ މަޖިލީހަށް ބަލައިގެންފައެވެ.

Ad
rt

އާދަމް ޝަރީފުގެ ގަރާރުގައި ޖީއެސްޓީ ބޮޑުކުރުމާއެކު ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް ޕަސަންޓު ބޮޑުވެފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޚާއްސަކޮށް ރޯދަ މަހަކީ ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލޭ މަހެއް ކަމަށާއި ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރު ކުރެވޭނެ މަގުތަކެއް ފެންނަން ނެތް ކަމަށާއި ރަމަޟާސް މަަހަށް ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އޭނާގެ ގަރާރުގައި ވަނީ ސަރުކާރަށް ގޮވައިލާފައެވެ.