ފުރުޓް ފެންޓަސީ އަކީ ކުޑަ ހަރަދަކުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވިދާނެ މީރު ބާވަތެކެވެ. ރޯދަ ވީއްލުމަށް ނުވަތަ ތަރާވީޙަށްވެސް ކަމުދާނެއެވެ.
ފުރުޓް ފެންޓަސީ ތައްޔާރު ކުރާނީ އެމީހެއްގެ އެންމެ މަގުބޫލު ފުރުޓަކުންނެވެ. އެގޮތުން އަންނާރު، އަނބު، ޖުމްހޫރީ މޭވާ ސްޓްރޯބެރީވެސް އެޅިދާނެ އެވެ. މިބައި ކިއުންތެރިންގެ އިޙްތިޔާރަށް ދޫކޮށްލާނަމެވެ. ދެ ފްރުޓެއް އެއްކޮށްލާފައިވެސް ބޭނުން ކުރެވި ދާނެ އެވެ.
ބޭނުންވާ ތަކެތި:
- 1 ޕެކެޓް ވިޕިން ކްރީމް
- 1 ޕެކެޓް މާރީ ބިސްކޯދު ނުވަތަ ލެޑީސް ފިންގާރސް ބިސްކޯދު
- ފޮނިރަހަ ލާވަރަށް ގެރިކިރުގައި ގިރާފައިހުރި 1 ތަށި ކިރު
- މައްޗަށް އަޅާނެ ފޮނި މޭވާއެއް ނުވަތަ ޗޮކްލެޓް
ތައްޔާރުކުރާނެ ގޮތް:
ބިސްކޯދުތައް ކިރު ތަށީގައި ފޯކޮށް ތެންމާލާށެވެ. ވިޕިންކުރީމް ހުންނަންވާނީ ފުރިޖް ކުރެވިފަ އެވެ. ވަރަށް ބޮޑަށް ފިނި ވެފަ އެވެ. ވިޕްކުރުމަށް ހާއްސަ އެއްޗަކުން ވިޕްކޮށްލާށެވެ. މިކްސްޗަރުން އެންމެ ރަނގަޅަށް ނުވެދާނެއެވެ.
އެއަށްފަހު ކްރީމްކޮޅު ސެޓްކުރާ ތަށީގައި ނުވަތަ ޓްރޭގައި ލޭޔާއެއް ފަތުރާލާށެވެ. ދެން އެލޭޔާގެ މައްޗަށް ފޯކުރި ބިސްކޯދު އަތުރާފައި މައްޗަށް އަނެއްކާވެސް ކްރީމް ލޭޔާއެއް އަޅާށެވެ. ބޭނުންވާނަމަ ފްރުޓްވެސް އެޅިދާނެ އެވެ. މީރުވެފައި ބަލާލަން ލޯބި ވާނެ އެވެ. މިގޮތަށް ތިން ލޭޔާ އެޅިދާނެ އެވެ. އެންމެ ފަހު ލޭޔާއަކަށް ކްރީމް އެޅުމަށްފަހު އޮމާންކޮށްލާށެވެ.
މައްޗަށް ޗޮކްލެޓް ގާނާފައިވެސް އެޅިދާނެ ނުވަތަ އަންނާރު، ސްޓްރޯބެރީވެސް އެޅިދާނެ އެވެ. އެއަށްފަހު ފިނިކޮށްލަށެވެ. ރަނގަޅަށް ފިނިވުމުން އެހުރީ ތައްޔާރުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!