އެމްއެމްޕީއާރުސީން މާޓާގައި ރާއްޖެ އިޝްތިހާރު ކޮށްފި

GJRYoBNakAAypP9

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން، މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) ގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

މި ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 13 ކުންފުންޏަކުން ބައިވެރިވެއެވެ.

މި ފެއާ ކުރިއަށްގެންދިޔައީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރްގައި މި މަހުގެ 22 ން 24 އަށެެވެ.

މާޓާ ފެއާއިން ފަތުރުވެރިންނަށް ތަފާތު ދަތުރުފަތުރުގެ ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދިނުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި އެ ކުންފުނީގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ރާއްޖޭގެ ބްރޭންޑް އަދި ޑެސްޓިނޭޝަން ޕްރެސެންސް އިތުރަށް ވަރުގަދަކުރުމާއި، މާކެޓުގެ މުހިންމު ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަކީ މި ފެއާގައި ބައިވެރިވުމުގެ މަޤްސަދުކަމަށް ވެސް ބުންޏެވެ.

މި ފެއާގެ ތެރެއިން ރާއްޖޭގެ ސްޓޭންޑްގައި ބޭއްވި ޕްރެޒެންޓޭޝަންގައި ރާއްޖޭގެ ތާރީޚާއި ސަގާފަތް ވަނީ ބައިވެރިންނަށް ކިޔައިދީފައެވެ.

މެލޭޝިއާގެ މާކެޓަކީ ރާއްޖެއަށް ގިނަ ފުރުސަތުތަކެއް އޮތް މާކެޓެއްކަން އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ. އެގޮތުން، މިދިޔަ އަހަރު އެ މާކެޓުން 13،551 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި