ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރުވީ ތާރީހުގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެލްއެއް ހޯދައިދިން ދުވުންތެރިޔާ ހަސަން ސާއިދުގެ ނަން ދިވެހި ކުޅިވަރުގެ ތާރީހުގައި ލިޔެވުމާއި ގުޅިގެން އެކަމުގެ އުފާ އެންމެހާ ދިވެހިން ދަނީ ހިއްސާކުރަމުންނެވެ. މިއަދު މުޅި މީސް މީޑިއާގައި ސާއިދުގެ ފޮޓޯތަކާއި އެކު ސާއިދުއަށް ލިބުނު އުފާ ހިއްސާ ކުރަމުން ދާއިރު މުޅި ގައުމު ފަހުރުވެރިވާފަދަ ދުވުންތެރިއަކަށް ސާއިދު މިވަނީ ވެފައެވެ.

ސާއިދުގެ މި ކާމިޔާބީ ރާއްޖޭގެ އެކި މުއައްސަސާތަކުން ފާހަގަކުރަމުންދާއިރު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ "މަރުހަބާ ދަންނަވާ ސާއިދުއާއި މެދު ފަހުރުވެރިވާކަމަށް" ވިދާޅުވެ ތަހުނިޔާ ކިޔާފައެވެ.
Congratulations to the fastest man in South Asia, @SaaidKalhey on winning the Maldives’ first ever Gold medal at the South Asian Games in the 100 meters running event. Very proud of you and keep up the excellent work. pic.twitter.com/q6B64ZErIA
— Ibrahim Mohamed Solih (@ibusolih) December 3, 2019
މީގެ އިތުރުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސް ވަނީ "ސައުތު އޭޝިޔާގެ އެންމެ ބާރު ދުވުންތެރިޔާއަށް ސާއިދުވުމުން މަރުހަބާ ކިޔާ ކަމަށާއި އެކާމިޔާބާއިއެކު އަޅުގަނޑުމެން ފަހުރުވެރި ކުރުވާފައިވާ" ކަމަށް ވިދާޅުވެފައެވެ.
Nepal gai kuriahdhaa "South Asian Games 2019" ge 100 meter dhuvumun MNDF ge Sergeant Hassan Saaid, Ran Medal hoadhaifi. pic.twitter.com/uy7NNsfmJP
— Maldives National Defence Force (@MNDF_Official) December 3, 2019
ނޭޕާލުގައި މިހާރު ކުރިއަށް ދާ މި ފަހަރުގެ ގޭމްސް އިން ސާއިދު ރަން މެޑަލް ހޯދީ 10.49 ސިކުންތުން ދުވެގެންނެވެ. މިއަދުގެ ރޭހުގެ ބޮޑު ބައިގައި، އެންމެ ފަހުގެ ގޭމްސްގައި ރަން މެޑަލް ހޯދި ސްރީ ލަންކާގެ ހިމާޝާ އީޝާން އެއް ވަނައިގައި އޮތް ނަމަވެސް، ފަހު ވަގުތު ސާއިދު ދެމިގަތީ 0.1 ސިކުންތުގެ ފަރަގަކުންނެވެ. ހިމާޝާގެ ވަގުތަކީ 10.50 ސިކުންތެވެ.
2016 ވަނަ އަހަރުގެ ގޭމްސް އިން 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި ސާއިދު ވަނީ ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ބައިވެރިވެ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!