130 މީހުންނާއި އެކު ފޯކައިދޫއިން މާލެ ދަތުރުކުރި ބޯޓެއް ފެލިވަރު ފަރަށް އަރައިފި

        130 މީހުންނާއި އެކު ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ޅ. ފެލިވަރު ފަރަށް އަރައިފި އެވެ. ފުލުހުން ވަނީ މިކަން މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން ބުނީ އެކަމުގެ މަޢުލީމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 08:31 ހާއިރު ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ ށ. ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރި "ފުރާގު 2″ ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެބޯޓު އަރާފައިވަނީ ގާއެރިފަރަށެވެ. ސިފައިން އެސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.