ށ. ފޯކައިދުއަށް އުފަން ހުސައިން ވަހީދަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މަޝްހޫރު ނަމެކެވެ. ލަކުޑި ވިއްކުމާއި އިމާރާތްކުރުމުގެ ދާއިރާގައި ކުރިންސުރެ އޭނާ ގެންދަވަނީ ވިޔަފާރިކުރައްވަމުންނެވެ. ސިޔާސީ ދާއިރާއަށް ހުސެން ވެންނެވީ 2009 ގެ އާންމު އިންތިހާބުންނެވެ. އޭނާ ވާދަކުރެއްވީ އެމްޑީޕީ ޓިކެޓްގަ އެވެ. އަދި ކޮމަންޑޫ ދާއިރާގެ ގޮނޑި ވެސް ކާމިޔާބުކުރެއްވި އެވެ. މިފަހަރު އަލުން އެ ދާއިރާގެ އެމްޑީޕީ ޓިކެޓްގައި ނުކުންވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.