ހުސައިން ޒިޔާދަކީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާ ތަމްސީލު ކުރާ މެމްބަރެވެ. ހުސެއިން ޒިޔާދު މަޝްހޫރުވެފައި އޮންނަނީ ފިއްޓޭގެ ގޮތުގަ އެވެ. އޭނާއަކީ ހުނަރުވެރި އަދި ޒުވާން ޓީމުތަކަށް ކުޅުއްވި ކުޅަދާނަ ފޯވަޑެކެވެ. މަސައްކަތުގެ ހަޔާތަށް ނުކުންނަވައި އެންމެ ފުރަތަމަ އުޅުއްވީ ޓީޗަރަކަށެވެ. އެކަމަކު ޒުވާނުންގެ މިނިސްޓްރީގެ ހަރަކާތްތައް ރަށްރަށަށް އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރު، ޕްރޮގްރާމް ކޯޑިނޭޓަރެއްގެ ގޮތުން ބައެއް ރަށްރަށުގެ ޒުވާނުންގެ މަރުކަޒުތައް ހިންގަވަން އުޅުއްވި އެވެ.