މިރަށަކީ ރަށުގައި އުފައްދާ ކަރުހަކުރާއި، ރަށުގައި ހުރި ބޮޑު ކާނިގަހުގެ ސަބަބުން، ރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. މިކާނިގަހަކީ ކަޅުއޮށްފުންމީގެ ރިޔާ ބޭއްވުމަށް ބޮޑުތަކުރުފާނު ޖެއްސެވި ތިން ކަޑައިގެ ތެރެއިން އެއް ކަޑައެވެ. މިގަހަކީ 450 އަހަރަށް ވުރެން ގިނަދުވަސްވެފައިވާ ތާރީޚީ ގަހެކެވެ. މިރަށު ކުޅިއަކީ، ބޮޑުތަކުރުފާނުގެ ޖިހާދުގެ ދަތުރުގައި ދުޝްމަނުންނަށް ފިލުމަށް ކަޅުއޮށްފުންމި ވަދެނުކުމެ އުޅުނު މަޝްހޫރު ނެރެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi