މިރަށަކީ ބޮޑުތިލަދުންމަތި ދެބައިވީއްސުރެ ހއ. އަތޮޅުގެ ވެރިކަން ކުރަމުން އަންނަ ރަށެވެ. މިރަށުގެ ދެކުނުކޮޅުގައި، ކުރީ ޒަމާނުގައި އޮތް ރުއްގަނޑަކީ އުތީމު މުޙައްމަދު ތަކުރުފާނު ބެލެހެއްޓެވި ރުއްގަނޑެކެވެ. މިރަށަކީ މާޒީވެދިޔަ ތާރީޚުގެ ތެރޭގައި ވަރަށް އާދަޔާޚިލާފު ގޮތަކަށް މުޅިރަށް "ފެންވެފައިވާ" ރަށެކެވެ. "ރަށްފެންވުން"، މި ލަފުޒު މިރަށު މީހުން ބޭނުންކޮށް އުޅުނީ، ރަށުގެ ދެ ގެއެއް ފިޔަވައި އެހެން ހުރިހާ ގެދޮރަކާއި ހަރުގެ ފަދަ ތަންތަން އަނދައި އަޅިއަށްވެގެންދިޔަ ހާދިސާއަކާއި ގުޅިގެންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi