photo_2020-03-08_03-17-49
ކެންޑިޑޭޓް ނަންބަރ
8

މުހައްމަދު އަލީފް

ތައާރަފް

ފުރިހަމަ ނަމަކީ މުޙައްމަދު އަލީފް އެވެ. އުފަންވީ 30 ޖުލައި 1998 ގައި ހދ. ނެއްލައިދޫއަށް. ބައްޕަ އަކީ މަސްވެރިކަމުގައި ހދ އަތޮޅުގައި މަޝްޙޫރު އަބްދުއްޞަމަދު އަލީގެ ދަރި އަބްދުލް އަފީފް އެވެ. މަންމަ އަކީ އަބްދުލް ގަފޫރް އިބްރާހިމް ގެ ދޮށީ އަންހެން ދަރި އައިމިނަޠު އަބްދުލް ގަފޫރު އެވެ. ތައުލީމީ ހަޔާތް ތައުލީމީ ހަޔާތުގެ ފުރަތަމަ ބިންގާ އެޅިގެން ދިޔައީ ހދ. ނެއްލައިދޫ ސްކޫލުން. އޯ ލެވެލް އަދި އޭ ލެވެލް ވެސް ހެދީ އަމިއްލަ އުފަން ރަށް ހދ. ނެއްލައިދޫއިން. އޭ ލެވެލްއަށް ކިޔަވަމުން ޔޫއެންޑީޕީ ހިންގި ޔޫތް ލީޑަރޝިޕް ޕްރޮގްރާމް އަދި އޭ ލެވެލް ނިންމާލުމަށްފަހު ގާރީ ކޯހެއް ހަދާފައިވާނެ އަދި ފަސްޓްއެއިޑް ކޯހެއް ފުރިހަމަކޮށްފައިވާނެ، އެކަމުގަ އުޅެމުން ނެއްލައިދޫ ހުކުރު މިސްކިތުގައި އިމާމެއް ގެ ގޮތުގަ 3 މަސް ހޭދަ ކުރީމެވެ. ހޮބީއަކީ ފުޓްބޯޅަ ކުޅުމެވެ.

ނެއްލައިދޫ ކައުންސިލަށް ކުރިމަތިލީ ކީއްވެ؟

އަބަދުވެސް އަޅުގަނޑު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ރައްޔަތުނަށް ސީދާ ގާތުން ޚިދުމަތް ކުރުން. އެންމެނާއި ގުޅިގެން ނެއްލައިދޫ އަކީ އަތޮޅަށް ހުރި އަދި ރާއްޖެ އަށް ހުރި ނަމޫނާ ރަށަކަށް ހަދައިދިނުމުގެ ޖޯށުގައި މަސައްކަތްތަކެއް ކުރުން، އަޅުގަނޑު އަދި އުމުރުގެ ގޮތުން އެހެން ކެނޑިޑޭޓުންނާއި އަޅާބަލާއިރު ކިތަންމެ ހަގުކަމަށްވިޔަސް ރައްޔިތުން ގެ ހިޔާލާ މަޝްވަރާ އަދި އިލްމީ ފަންނީ މީހުންގެ މަސްވަރާ އާއެކު އެންމެންނާ އަދި ހުރިހާ މެންބެރުންނާ އެކު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަމިއްލަ ނަފްސަށް އަބަދުވެސް އޮވޭ، އަމިއްލަ ގޮތުން ކައުންސިލްއަށް ކުރިމަތިލާން ނިންމުމުގެ އެންމެ ބޮޑު މަގްސަދަކީ ވަކި ފިކުރަކަށް ބަރޯސާ ނުވެ ހުރިހާ ފިކުރެއްގެ މީހުންނާ ގުޅިގެން އެއްބައިވަންތަ ކަމާއެކު ސާބިތުވެ ރައްތުންނަށް ޚިދުމަތް ކުރުން.

ނެއްލައިދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ހޮވަން ވޯޓު ދޭންވީ ސަބަބުތަކަކީ ކޮބާ؟

ހުރިހާ ރައްޔިތުންނާއިވެސް ގުޅޭ އަދި އެއްވެސް މީހަކާއިމެދު ހިތުގަ ކިލަބު ކަމެއް ނެތި ވާހަކަ ދެއްކޭނެ މީހަކަށް އަޅުގަންޑު ވާތީ. ހަމަ އެހެންމެ ކޮންމެ ފިކުރެއްގެ ރައްޔިތަކުވެސް އަދި ކޮންމެ ޕާޓީއެއްގެ އިސްވެރިއްނާވެސް ނެއްލައިދޫ ގެ ތަރައްގީ އަށް ޓަކައި ވާހަކަ ދެއްކޭނެ މީހަކަށް އަޅުގަންޑު ވާތީ. ހަމަ އެފަދައިން އަޅުގަޑުގެ ވިސްނުމުގައި ރަށުން ބޭރުގައި އުޅުއްވާ ރަށުގެ ފަރާއިތައް (ރިސޯޓް ބޯއީސް) ތަރައްޤީގެ މަގުގައި ރަށާއި ކިތަންމެ ދުރުގައި ވީނަމަވެސް ރަށަށް ހިދުމަތް ކޮށްދެވޭނެ ފަދަ ގޮތަކަށް އަޅުގަނޑު ގެ ތަޝައްވަރު ފަރުމާ ކުރެވިފައި ވާތީ.

ހޮވިއްޖެނަމަ ކޮށްދެވޭނެކަމަށް ޤަބޫލުކުރާ ކަންކަމަކީ ކޮބާ؟

އުމްރާނީ ގޮތުންނާ އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން އަންނާނެ ކަންކަން ކުރުމަކީ އަޅުގަނޑުގެ ކައުންސިލްގެ އަމާޒު. ލާމަރުކަޒީ ނިޒާމަށް ލިބިގެންދާ ބާރުތަކުގެ ބޭނުން ހެޔޮގޮތުގައި ގޮތުގައި ހިފައި، ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ސަރުކާރާއި ގުޅިގެންނާއި އަދި އަމިއްލަ ފަރާތްތަކާއި ގުޅިގެން ކައުންސިލް ހިންގުން. ހަމަ އެޔާއިއެކު ކައުންސިލްއަށް ލިބޭ ފާޑުކިއުންތަކާއި ހިޔާލްތައް މެންބެރުންނާއި އަންހެނުންގެ ކޮމެޓީ ގުޅިގެން މަޝްވަރާކޮށް ތަންފީޒްކުރުން

ނެއްލައިދޫގެ ތަރައްޤީގެ ތަސައްވުރު (ދެކޭ ހުވަފެނަކީ) ކޮބާ؟

އަޅުގަނޑުގެ އެންމެ ބޮޑު ތަސައްވަރަކީ ތަރައްޤީގެ މަގުގައި އެންމެހައި ފަރުދުން ގެ ވިސްނުމާއި ފިކުރާއި ރަށުވަންޠަ ލޯބި ކުރީސަފަށް ނެރެ، އަޅުގަނޑު މުގުލުގައި ހުރެ ތަރަށްޤީ އުފަން ރަށަށް ގެނެސްދިނުން

ނިންމާލަމުން ބުނެލާނީ ކީކޭ؟

ނެއްލައިދޫ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވާ، ރަށުވަންޠަ ތަރައްޤީ ރަށަށް ގެނެސް ދެއްވުމަށް އަޅުގަނޑަށް ކުރިޔަށް އޮތް އިންތިހާބުގައި ވޯޓެ ދެއްވުން. ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ހުނާނީ ޖޯށާއި ފޯރީގައި ރަށަށް ހިދުމަތް ކުރުމަށް އެންމެ ކުރީސަފުގައި ކެރިގެން ސާބިތުކަން މަތީ. އިންޝާﷲ

ހިއްސާ ކުރައްވާ!