Adam Shareef
ކެންޑިޑޭޓް ނަންބަރ
8

އާދަމް ޝަރީފް މުހައްމަދު

ތައާރަފް

އަޅުގަނޑުގެ ނަމަކީ އާދަމް ޝަރީފް މުހައްމަދު. 43އ ހދ އަތޮޅު ތައުލީމީ މަރުކަޒުން ގުރޭޑް 7 ނިންމުމަށްފަހު ، މާލެގޮސް އިގްލިސް ޕްރެޕަރޭޓްރީ އެންޑް ސެކަންޑްރީ ސްކޫލް( އީ.ޕީ.އެސް.އެސް)  އިން އޯ ލެވެލް ހެދިން. އެއަށްފަހު އެމްއެންޑީއެފް ގައި ހަތަރު އަހަރު ގައުމީ ހިދުމަތުގައި އަޅުގަނޑު ހޭދަކުރިން،  އޭގެ ފަހުން މަތީތައުލީމު ހާސިލްކުރަން ބޭނުންވާތީ އަމިއްލަ ހަރަދުގައި އިންޑިއާގެ ޗެންނާއީ އަށް ގޮސް " އިންޑިއަން އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް " އިން " ލޮޖިސްޓިކްސް އެން ޝިޕިން" ގެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކުރިން.

ނޫސްވެރިކަމުގެ ދާއިރާއަކީ އަބަދުވެސް ކުރާހިއްވާ ކަމަކަށް ވާތީ އިންވިސްޓިގޭޓިވް ޖާނަލިސްޓެއްގެ ގޮތުގައި ހަވީރު ނޫހުގައި މަސައްކަތް ކުރަން ފުރުސަތުލިބުމުން 5 އަހަރަށްވުރެ ގިނަދުވަހު އެނޫހުގައި މަސައްކަތް ކުރިން ، މިއަދު އަޅުގަނޑަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ތަޖުރިބާހުރި އެޑިޓަރުންގެ ލިސްޓުގައި ފާހަގަކުރެވޭ އަމިއްލަ ނޫހެއް ރަޖިސްޓަރީ ކޮށްފައިވާ ރާއްޖޭގެ މީޑިއާ ކައުންސީލުން ގަބޫލުކުރާ ނިއުސް އެޑިޓަރެއް. އަދި އަމިއްލަ ވިޔަފާރިއެއް ހިންގާ ވިޔަފާރި ވެރިއެއް، މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު އެމްޑީޕީން ބޭއްވި ހުރިހާ އިންތިހާބުތަކަކަށް އިގިރޭސިވިލާތުގެ ކޮންޒަރވޭޓިވްޕާޓީން ކެމްޕޭން މެނޭޖަރުން  ތަމްރީންކުރިއިރު އެތަމްރީން ފުރިހަމަކޮށް ކެމްޕޭން މެނޭޖަރ ސެޓްޕިކެޓް ހާސިލްކޮށްފައި ވާނެ.

ކުޅުދުއްފުށީ ސީޓީގެ މޭޔަރ ކަމަށް ކުރިމަތިލީ ކީއްވެ؟

އަބަދުވެސް އަޅުގަނޑު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކުޅުދުއްފުށީ ރައްޔިތުންނަށް ސީދާ ގާތުން ޚިދުމަތް ކުރުން. ކައުންސިލްގެ އިހުމާލުން ރަށުގެ ކަންކަން ގޯސްމަގަށް އަޅައި ބޮޑެތި ގެއްލުން ވަމުންދާވާހަކައަކީ އަބަދުވެސް ރައްޔިތުންގެ ފަރާތުން އިވޭ ޝަކުވާއެކެވެ. އެކަންކަން ބަލާނެ ބަޔަކު ނެއްވާކަހަކައާއި ، ބޮޑުކޮށްލިބެންއޮންނަ ޕުރޮޖެކްޓް ކުޑަވެގެން ދާއިރުވެސް ކައުންސިލުން އަޅާނުލާވާކަކައެވެ. އަޅުގަޑު މޭޔަރު ކަމަށް މިކުރިމަތިލީ މިކަންކަން ބައެއްގެ ދަށުނުވެ މިނިވަންކަމާއިއެކު ކޮށްދެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.

ކުޅުދުއްފުށީ ސީޓީގެ މޭޔަރ ކަމަށް ހޮވަން ވޯޓު ދޭންވީ ސަބަބުތަކަކީ ކޮބާ؟

ރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއު ނުބެލެހެއްޓި، ސަރުކާރުން ހިތުހުރިގޮތެއް ޕުރޮޖެކްޓް ތަކަށް ހަދަމުންދާއިރު ، ކައުންސިލުން އަޅާނުލުމުން ލިބޭގެއްލުން ބަރަށްބޮޑު ، މިސާލަކަށް ކުޅުދުއްފުށީ މަސްމާރުކޭޓް ދެބުރިއިމާރާތް އެއްބުރި އުނިވެގެންދިއުމީ މިކަމުގެ ހެއްކެއް ، ސަރުކާރުގެ މެޖޯރިޓީ ކައުންސިލަށް އޮތުމުން އެމީހުން ބޭނުންގޮތެއް ހަދަނީ، އެހެން ކަމުން އަޅުގަނޑަށް ވޯޓް ދޭންވީ ކައުންސިލްގެ އިހުމާލުން ވާ ގެއްލުމާ އެޅޭ ހުރަސްތަށް ނައްތާލުމަށް.

އަޅުގަނޑު އާދަމް ޝަރީފް ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ހޮވިއްޖެ ނަމަ ގެންގުޅޭނެ ސިޔާސަތު ތަކަކީ ކޮބާ؟

  • ގޯތި ނުލިބި ތިބި ފަރާތްތަކަށް ގޯތި ކަށަވަރު ވަންދެން އެންމެ ކުރީ ސަފުގައި ހުރެގެން އެކަމަށް ވަކާާލާތު ކުރާނަން.
  • ރަށުގެ ރައްޔިތުންނަށް ހިލޭ ގައުމީ ޓީވީ ފެންނާނެ ގޮތް ހަދަން މަސައްކަތް ކުރާނަން.
  • ސިޓީކައުންސިލް ގެ ބަޖެޓްގެ ތެރޭން " ސިޓީ ލައިބްރަރީ " ރަށުގައި ޤާއިމްކޮށް ދޭނަން.
  • ގާނޫނުން ލާޒިމްކުރާ މުނިސިޕަލް ގަވާއިދުތައް ހަދައި ތަންފީޒް ކުރާނަން.
  • ފެނާއި ނަރުދަމާ، ފީ ކައުންސިލުން ދެއްކުން ، ނޫނީ ފީ ކަނޑާލުން އަދި ކަރަންޓް ބިލު ކުޑަކުރަން މަސައްކަތް ކުރާނަން.
  • ކުޅިވަރު ދަނޑުތައް ރަށުގެ ބަޖެޓުގެ ތެރޭން ތަރައްގީކޮށް، ރަށުޓީމްތައް ރަޖިސްޓަރީކޮށް ޓީމުތައް ބަލަހައްޓާނަން.
  • އަވަށުއޮފީސްތައް ގާއިމްކުރުމާއި، ކައުންސިލަށް ލަފާދޭނެ ލޯފާމަކާއި، ކޮންސަލްޓެންސީ ފާމެއް ގާއިމްކުރާނަން.
  • ހަފުތާއަކު އެއްރޭ ސޯސަލްމީޑިޔާ މެދުވެރިކޮށް ރަށާއި، ރަށުންބޭރުގައި ތިބި ރައްޔިތުންނާއި  ބައްދަލުކޮށް ގާތް ގުޅުމެއް ގާއިމްކުރާނަން.
  • ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް އިތުރު ފަރުވާއަށް އާސަންދަ މެދުވެރިކޮށް މާލެ ގެންދަންޖެހޭ ކޮންމެ ކުޅުދުއްފުށީ ބަލިމީހަކަށް ދެހާސް ރުފިޔާގެ އިނާޔަތެއް ކައުންސިލް ތެރޭން ހަމަޖައްސައި ދޭން މަސައްކަތް ކުރާނަން.
  • ބެލެނިވެރިން ލައްވާ ޕީޓީއޭއަށް ލާރި ހޯދުން ހުއްޓުމަކަށް ގެނެސް ރަށުގެ ބޮޑުބަޖެޓްގެ ތެރެއިން ކުލާސްރޫމްތައް ތަރައްޤީ ކުރުމާއި، އިތުރު ހަރަހާތްތަކަށް ދަރިވަރުން ބައިވެރިކުރުމަށް ކުރާ ހަރަދު ކައުންސިލުން ހޯދައިދޭނަން.
  • އޯޓިޒަމް ކުދިންނަށް ފަރުވާ ދެވޭނެ ވަރުގެ ޑޮކްޓަރެއް ކައުންސިލްގެ ހަރަދުގައި ނަމަވެސް ހޮސްޕިޓަލުގައި ބަހައްޓަން މަސައްކަތްކުރާނަން.
  • ޔަތީމު، މިސްކީނު ކުދިންނާއި، މަންމަ އާއި ބައްޕަ މަސައްކަތް ނުކުރެވޭ ހާލަތުގައި ތިބި ކުޅުދުއްފުށީ ގެ ކޮންމެ ދަރިވަރެއްގެ ޔުނީފޯމް، ބޫޓް އިސްޓާކީން ކައުންސިލް ތެރޭން ހޯދައި ދޭނަން.
  • 24 ގަޑިއިރު ތެރޭ ޖަވާބު ލިބޭނެ ސުވާލު އަޅާ ފޮއްޓެއް ކައުންސިލްގައި ގާއިމުކުރާނަން.
  • އަމިއްލަ ގޮތުން ނުކުމެ ، ޕާޓީއަކާއި ނުގުޅި ، ގޮނޑި ވިއްކައިނުލާ ، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރާނަން.

ނިންމާލަމުން ބުނެލާނީ ކީކޭ؟

ކެންޑިޓޭޓް ނަމްބަރު 8 އަށް ވޯޓުދެއްވާ، ކުޅުދުއްފުށީ ސިޓީކައުންސިލް މޭޔަރަކަށް އަޅުގަނޑު އާދަމް ޝަރީފް ހޮވާދެއްވާ!  ތިޔަބޭފުޅުން ހިންހަމަޖެހޭ އަދި އިތުބާރުކުރާ ކައުންސިލަކަށް ކުޅުދުއްފުށީ ސިޓީކައުންސިލް ހަދާދޭނަން.

ޝުކުރިއްޔާ

ސޯސަލް މީޑިއާ

ފޭސްބުކް ޕޭޖް    https://www.facebook.com/adamshareeflive

ފޭސްބުކް ޕުރޮފައިލް  https://www.facebook.com/adamshareef.m

ޔޫޓިއުބް         https://www.youtube.com/adamshareeflive

ޓުއިޓަރ                https://twitter.com/adamshareefM

އިންސްޓާރގްޜާމް   https://www.instagram.com/adamshareef.m

ހިއްސާ ކުރައްވާ!