ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ނިސްބަތުން ތަރައްޤީ ކުރެވިފައިވަނީ މަދު އަދަދެއްގެ ފަތުރުވެރިކަމުގެ ރިސޯޓެވެ. ހއ. އަތޮޅުގައި މަނަފަރާއި، ދޮނަކުޅީގައި ތަރައްޤީކުރެވިފައިވާ ދެ ރިސޯޓަކީ، ފަތުރުވެރިކަމުގައި މިހާރު ފާހަގަ ކޮށްލެވޭނެ ދެނަމެވެ. ނަމަވެސް، ހދ، އަތޮޅުގައި އޮޕަރޭޓު ކުރެވެމުންދާ ހޮނޑާފުށި އައިލެންޑް ރިސޯރޓް އަދި އޮތީ ޅަފަތުގައި، މަދު އެދުނދުތަކަކާއެކު، އޮޕަރޭޓް ކުރެވޭ ރިސޯޓެއްގެ ގޮތުގައެވެ.
އުތުރުގެ ސަރަހައްދުގައި މަދު ރިސޯރޓްތަކެއް ހުރި ނަމަވެސް ކާމިޔާބު ކަމާއެކު ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފައްކާވާތަން ދަނީ ފެންނަމުންނެވެ. މިފުރުޞަތު އޮތް، ރީތި ގޮނޑުދޮށްތައް ހުރި އެތައްރަށެއް މިސަރަހައްދުގައިވާއިރު، ހއ. ވަށަފަރަކީ ލޯކަލް ޓޫރިޒަމަށް ފައްކާވެ، ދޮންވެފައިވާ ރަށެކެވެ.
ފަތުރުވެރިކަމަށް އުތުރުން ނަމޫނާއެއް
އުތުރުގެ މައި ވައިގެ ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން ސްޕީޑު ލާންޗެއްގައި ފުރައިގެން ވިއްސަކަށް މިނިޓުގެ ރާސްތާގައި އޮންނަ ހއ. ވަށަފަރަކީ ލޯކަލް ޓޫރިޒަމަށް އުތުރުން ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ. އާބާދީގައި 980 އެއްހާ މީހުން ތިބި 33 ހެކްޓަރގެ ވަށަފަރަކީ، އުތުރުގެ ސަރަހައްދުން ލޯކަލް ޓޫރިޒަމުގެ ނަފާ ހޯދޭނެކަން ދައްކަމުންދާ، ނަމޫނާ އެއްރަށެވެ.
ގުދުރަތީ ރީތި ގޮނޑުދޮށް
ހއ. ވަށަފަރުގެ ގޮނޑު ދޮށަކީ، ފަތުރުވެރިންގެ ހިތް ދަމައިގަންނަ ފަދަ ރީތިކަން ޤުދުރަތުން ދެއްވާފައިވާ، ވަރަށް ރީތި، ހިމުން، ހުދު ދޮންވެލި ގޮނޑު ދޮށެކެވެ. ސާފު މޫދާއި، ނަލަ ނަލަ ފަޅުން ފަތުރުވެރިންގެ ހިތްތަކަށް އިތުރަށް އުފާވެރިކަން ގެނުވާނެއެވެ.
ވަށަފަރުކައިރީ އޮންނަ ފިނޮޅު، އިތުރު ހަދިޔާއެއް
ވަށަފަރާއި ފަސް މިނިޓުގެ ރާސްތާގައި އޮންނަ ފިނޮޅަކީ، ވަށަފަރުގެ މުހިންމުކަން ފަތުރުވެރިނަށް އިތުރުވާ ހިތްގައިމު ފިނޮޅެކެވެ. ހިމުން ދޮންވެލީން އުފެދިފައިވާ މިފިނޮޅަކީ ފަތުރުވެރިން ހިތްދަމައި ގަންނަ ގުދުރަތީ ރިވެތި ހަދިޔާ އެކެވެ. ފިނޮޅުގެ ވަށައިގެންވާ ސާފު ނަލަ މޫދާއި އެކު މިފިނޮޅަކީ ދުވާލާއި، ރޭގަނޑުވެސް ފަތުރުވެރިންގެ ހިތްތަކަށް އަރާމުހޯދާ މުހިންމު ތަނެކެވެ.
ސާފު ތާހިރު، ހިތްގައިމު ވެއްޓެއް
ވަށަފަރަކީ މުޅިރަށުތެރެ ވަރަށް ސާފު ތާހިރުކޮށް ބަލަހައްޓާ ރަށެކެވެ. ރަށުގެ ގޮނޑު ދޮށާއި، މަގުތަކުގައި އޮންނަ ސާފުތާހިރުކަން ދައްކުވައިދެނީ ރަށުގެ ރައްޔިތުން ރަށަށްޓަކައި އޮންނަ ލޯތްބެވެ. ރަށުގައި ހެދިފައި ހުންނަ ހިޔާ ބޮޑެތި ގަސްތަކާއި، ރީތި ދިވެހި ރުއްތަކުން ލިބިދޭ ހިތް އުފާކަމަކީ، ފަތުރުވެރިންނާއި ދަތުރުވެރިންނަށްވެސް ލިބުން އެދެވޭ އުފާވެރިކަމެކެވެ. ރަށުގެ ގޮނޑުދޮށުގެ ރުއްގަނޑުން ވީއްލިގެން އަންނަ ފިނިރޯޅިއަކީ ވަކިން ހާއްސަ އުފާވެރި އިހުސާސްކުރުވާ ފިނި ރޯޅިއެކެވެ.
އެކުވެރި ރައްޔިތެއް، އިޖުތިމާއީ މައްސަލައެއް ނެތް
ވަށަފަރުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔެކެވެ. ޚިޔާލު ތަފާތުކަމާއި، ދެބަސްވުން ނެތް ބަޔެކެވެ. ރަށުގެ ސާފުތާހިރުކަމާއި، އަމާންވެށި ބުނެދޭ ވާހަކައަކީ ރަށުގެ ރައްޔިތުންގެ އެކުވެރި ކަމެވެ. ރަށުގައި އެއްވެސް އިޖުތިމާއީ މައްސަލައެއް ނެތުމަކީ ރާއްޖޭގެ މަދު ރަށަކުން ނޫނީ ނުލިބޭނެ ނަސީބެކެވެ.
ރަށުގައި ހުރި އާސާރުތައް
ވަށަފަރުގައި ގާތްގަނޑަކަށް 130 އަހަރު ވެފައިވާ ހުރި ނިކަގަހާއި، ރަށުގައި ހުރި އާސާރީ މިސްކިތަކީ ވަށަފަރަށް ޒިޔާރަތްކުރާ ގިނަބައެއްގެ ސަމާލުކަން ލިބެމުން އަންނަ ކޮންމެހެން ޒިޔާރަތްކޮށްލަން މުހިންމު ތަންތަނެވެ. މިއާސާރު ތަކަކީ، ވަށަފަރުގެރީތި ކަމާއި ހިތްގައިމުކަން އިތުރުކޮށްދޭ ތަންތަނެވެ.
ލޯކަލު ޓޫރިޒަމަށް ފައްކާވެފައި
ވާދީ އިން ވަށަފަރާއި، ވަށަފަރު އިންއާއި، ވަށަފަރު ބުލޫ ކޮރަލްއާއި އަދި ކާސާމިއާ ވަށަފަރާއިއެކު ވަށަފަރުގައި ހަތަރު ޓޫރިސްޓު ގެސްޓު ހައުސްއެއް މިހާރުވެސް ދަނީ ހިންގަމުންނެވެ. މިހަތަރު ގެސްޓު ހައުސްގައި 20 އެނދު އެބަ ހުއްޓެވެ. ބޭރުގެ އިންވެސްޓަރެއް ތަރައްޤީކޮށް އިތުރު ގެސްޓު ހައުސްއެއް ހަދައިނިމި، ހުޅުވުމަށް ތައްޔާރުވެފައި ވާއިރު އިތުރު 3 ގެސްޓު ހައުސްއެއް އެޅުމަށް އަމިއްލަ ފަރާތްތަކުން ވަނީ ބިން ހޯދާފައެވެ. ސްނޯކުލިންގއަށް މަރެއްފަދަ ވަށަފަރުގައި ވޯޓާރސްޕޯރޓްސްގެ ޚިދުމަތްވެސް ލިބެން ހުރެއެވެ.
ވަށަފަރު ސިޓީ ހޮޓާ، ރައްޔިތުންގެ އުންމީދާއި ގުޅިފައި
ވަށަފަރުގެ ހުޅަނގު ފަރާތުން މީގެ ފަސް ވަރަކަށް އަހަރުކުރިން ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ދޫކުރެވިފައިވާ 3 ލައްކަ އަކަފޫޓުގެ ބިމަކީ މުޅި ރަށުގެ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ތަނެކެވެ. ޓޫރިޒަމް މިނިސްޓްރީއާއި ވަށަފަރު ކައުންސިލުން ގުޅިގެން އެބިން ވަނީ 200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައެވެ.
މި ސިޓީ ހޮޓަލުގެ މައި ޖެޓީގެ މަސައްކަތް ނިމިފައިވާއިރު، ނަމޫނާ ރޫމާއި، ސްޓާފް ރޫމުގެ މަސައްކަތްވެސް ގާތްގަނޑަކަށްވަނީ ނިމިފައެވެ. 12 ރޫމެއްގެ ކޮންކްރީޓުގެ މަސައްކަތް ނިމިފައިވާއިރު ރެސްޓޯރެންޓްގެ ފަންސާސް އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ.
ވަށަފަރުގެ ރައްޔިތުންގެ އުންމީދަކީ މިމަސައްކަތުގެ ދުވެލި ހަލުވިވެ، ރައްޔިތުންނަށް މިސިޓީ ހޮޓަލުގެ ނަފާ ސީދާގޮތުގައި ލިބުން އަވަސްވުމެވެ.
އިންވެސްޓަރުންނަށް ހުޅުވާލެވިފައި
ފަތުރުވެރިކަމުގެ ސިނާއަތުގައި ލޯކަލް ޓޫރިޒަމަށް ވަށަފަރުވަނީ ހުޅުވާލެވިފައެވެ. ރަށުގެ އަމާންކަމާއި، ރައްކާތެރި ވެއްޓާއި، ރަށަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމާއި މިހާރުވެސް ކާމިޔާބު ފަތުރުވެރިކަމުގެ ވިޔަފާރު ހިނގަމުން ދިޔުންފަދަ ސަބަބު ތަކަކީ، ވަށަފަރުގައި ލޯކަލް ޓޫރިޒަމަށް އިންވެސްޓު ކުރުމަށް އިންވެސްޓަރުން އަންނަންވީ ސަބަބުތަކެވެ. ކައިރީގައި ވައިގެ ބަނދަރެއް އޮތުމާއި، ދިވެހި ތާރީޚުގައި އެފަދަ ދެވަނައެއް ނެތް އުތީމު އެހާމެ ކައިރީގައި އޮތުން ފަދަ ސަބަބުތަކަކީ އިންވެސްޓުކުރުމުގައި އިތުރަށް ބާރުލިބޭ މުހިންމު ކަންކަމެވެ.
ހއ. ވަށަފަރަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ލޯކަލް ޓޫރިޒަމަށް މަރެކެވެ. ދިވެހިން ޗުއްޓީ ހޭދަކޮށްލަން ދިޔުމަށްވެސް ވަށަފަރަކީ އެއްމެ ރަނގަޅު އެއްމަންޒިލްކަން ކަށަވަރެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ތިލަދުންމަތި ރަށްތަކުން ރަށުގައިތިބެގެން ޖީބައްޑޮލަރު ލުމަށްއެދޭނަމަ ވަށަފަރު ލޯކަލް ޓޫރިޒަމް ނަމޫނާ ޢަކަަށް ބަލަންވީ
ސުކުރިއްޔާ ތިލަދުން،، ލޯކަލް ޓޫރިޒަމް ވިޔަފާރި ކާމިޔާބުކަމާއެކު ކުރުމަށްއެދޭ ތިލަދުންމަތި ބޭފުޅުން މިވިޔަފާރި ތަޖުރިބާކޮށްލަން ވަޑައިގަތުމަށް ވަށަފަރު އިން.. ދައުވަތުއަރުން..
ވަށަފަރު ގަ ރައްޔިތަކަށް ލޯލާރި އެއްވެސް ލިބޭނެ ހިނެއް ހިޔެއް ނުޥޭ ތި ގެސްޓުހައުސްތަކުން ވަށަފަރަށް އަގުހެޔޮކޮއް މުދާވިއްކާ އަހަވަންޛޫ ބޯޓްޥަނީމަ މި ވިޔަފާރި ވެރިން ހީވީ ދުނިޔެ ރަންވިހެން އެމީހުނައް ލާރި ލިބުނީމަ ނިމުނީ .މަވާ ސަލާން
ފަހީމު ކިޔާމީހަކު ނޫޅޭނެ ވަށަފަރުގަ ތިފާޑަށް ވާހަކަ ދައްކާތީ ލަދުގަނޭ އިހަވަންދޫ ބޯޓުން މުދާބަހަނީތޯ
މަށަކީ އިހަވަންދޫ ރަތްޔިތެއް ވަރަށް ސަލާން
ޢިހަވައްދޫ މުދާބޯޓު ވަށަފަރަށް ދަނީ ރައްޔިތުންނަށް މުދާބަހަންތޯ،
ކިތަންމެ ގިނަ ފައިސާ އަކާއި މުދަލެއް ތިމާގެ އަތުގައި ހުއްޓަސް އަދި ތިމާއަށް ވާގިވެރިވާނޭ ކިތަންމެ ގިނަ މީހުންނެއް ތިބިކަމުގައި ވިޔަސް އެމީހެއްގެ ނަސީބުގައި މާތް ﷲ ލިޔުއްވާފައި ނުވާކަމެއް އެމީހަކަށް ނުހޯދޭނެއެެވެ.
ޙަސަދަވެރިނުޥޭ ތަނަވަސްކަމަކީ ގޭގަ ނިދަންއޮއްވަ ލިބޭނެއެއްޗެއްނޫން އެބަޔެއްގެ ހިއްމަތާ މިންތުންކުރާ މަސައްކަތުން ﷲ ކޮންމެބަޔަކަށްވެސް ތަނަވަސްކަން މިންވަރު ކުރައްވާނެ،، އަހަރުމެއް ކުރަންވީކަމަކީ ހާލަތުބަދަލުވުމަށް އެދި މީސްތަކުންނަށް ހެޔޮފޯރުވާގަދަޅާ މަސައްކަތްކުރުން އޭރުންކޮންމެ މީހަކަށްވެސް ތަނަވަސްކަން ﷲ ދެއްވާނެ
އިހަވަންދޫ ބޯޓް އައިމަ އެއްޗެހި ގަންނަ ވާހަކަ މިތާކު މީހަކު ނުދައްކާ..އެހެން ނޫނަސް އެއްޗެސް ނުގައްނަ ވަރެއްވެސް ނޫނޭ. 3 ފިހާރަ އިންނަނީ..މުދާ ގެންނަނީ އެއްބޯޓް އަކުން.އެކަމް ވިއްކާ މުދަލުގެ އަގު 3ފިހާރާ ހާސް ތަފާތު..ބޯޓް އިން ނޫން ކޮންމެ ތާކުން މީހުން އެއްޗެސް ގަތަސް އެއި މީހަކަށް ބެހޭކަމެށް ނޫން މިހެން ބުންޔަސް އެގޭ ވަށަފަރަކީ ނުބެހެން ޖެހެ ކަމެއްވެސް ނޯނަ ބަޔަކު އުޅޭ ރަށެއް.
ގެސްޓް ހައުސް ތަށް އަޅާގެން އުޅޭ މީހުން ޖީބަށް އެކަނި ލާރި ވަންނަނީ..އެހެން ބަޔަކަށް ބައި ރުފިޔާ އެށް ލިބިދާނެތީ ދަތުރު ފަތުރުވެސް ކުރަނީ ގޭ މީން ލޯންޗުގަ..ގެސްޓް ހައުސް އަޅާގެން އުޅޭމީހުން ރަށު ތަރައްގީ އަށް ކުރާ ކޮއްދިން އެއްވެސް ކަމެއް ފެއްނާކަށް ނެތް…އެހީ ހޯދަން ދިޔައިމަ އެހީ އަށް ކުޑަ މިންވަރެށް ނުދެޔެކޭ ނޫން..އެހުރީ ހަމަ އެމީހުންނަށް ތި ގެސްޓް ހައުސް ތަށް އަޅާގެން އުޅޭ މީހުން އަށް ބަދަނރުން ދީފައި ވާ ހުސް ބިންތަށް.. ކަންފާރު ޖަހާލި ގޮތަށް ހުރީ…ގައިމް އެތަން ތަން ހަދާ ހިދުމަތް ދޭ ނަމަ ކިހާ ވަޒީފާ އެއް…
ތިފާޑު ވާހަކަ ދައްކާތީ ލަފުގަނޭ ގެސްޓްހައުސް ތަކަށް ލިބޭ ހުރިހާ ފައިސާއެއް ރަށުމީހުނަށް އެބަޔަކު ކޮށްދިން ކަމަކަށް އުޖޫރަޢާ ޓެކްސްގެ ގޮތުގައި ހަރަދުކުރަނީ.
ގެސްޓްހައުސް ލިބޭ ލާރި ލިބެނީ ކަލޭމެނައް ގެސްޓް ހައުސްގެ ގަ ބޮންދު ބަހައްޓައަގެން ބޮސް ވެގެން ތިބެނާވެސް ކަލޭމެން ބަލަ ޓެކްސް އަކީ ހިދުމަތް ހޯދާމީހާގެ ޖީބުން ދޭ އެއްޗެއް ތަންކޮޅެއް ލޯ ހުޅުވިބަލަ މީހާ ތިއުޅެވެނީ ތަންކޮޅެއް މަތީގަ ހަމަބިމައް ތިރިވެފަ ކަންކަން ރަނގަޅު ކޮށްބަލަ ރަތްޔިތުމީހާ ލޮލަށް ނުގޮވާ . ލކޖ ކުއްޖަކައްވުރެ ހާލު ބޮޑު
ލޯހުޅުވަންވީ ކާކުކަންއޮޅިއްޖެ ވަށަފަރަޢް އަންނަ ގެސްޓުން ދައްކަންޖެހޭ ޓެކްސް ދައްކަނީ ވަށަފަރުމީހާތޯ، ގެސްޓްހައުސް ހިންގާމީހާލޯބޯ ފިއްސާއިގެން ގެސްޓުން ގެނެސް ހިދުމަތްދީ އެހިދުމަތުން ދައުލަތައް ޓެކްސްދީ އެޓެކްސް ލާރި. ޥަށަފަރުމީހާއްވެސް ޙަރަދުކުރަން ދައުލަތައް ދައްކަނީ ގެސްޓްހައުސް ހިންގާމީހާ ނޫންތޯ ގޭގަ ނިދަންއޮންނަ މީހުނަށް ނުޖެހޭނެ ޓެކްސްދައްކާކައް އެކަމު އެޓެކްސް ފައިސާވެސް އެމީހާއަށް ހަރަދުކުރޭ ނޫއްތަޯ. މީގޭގަ ނިދަންއޮންމީހާ ކޮށްދޭކަމެއްތޯ
ހެހެހޭ ލަދަގަނެބަލަ
ތިބާވަތުގެ ހިޔާލުފާޅުކުރުމީ ޒާތީވުން، ވަށަފަރުގައި ހިންގާ ގެސްޓްހައުސްތަކަށް، ލިބޭ އާމްދަނީ މުޅިންވެސް ބެހިގެންދަނީ ރައްޔިތުންގެތެރެއަށް،، އޮޑިވެރިންނަށާ، ލޯއްދުއްވާމީހުނަށާ، މަސްވެރިންނަށާ، މަސައްކަތްކުރާމީހުނަށާ، ފިހާރަތަކަށާ، މުސާރަވެރިންނަށާ، ދައުލަތަައް ޓެކްސްދައްކަން ހަރަދުވަނީ،، އިހަވައްދޫ މުދާބޯޓު ވަށަފަރަށް ވިޔަފާރިކުރަން އައްނަނީ ގާނޫނާ ގަވާއިދާ ޚިލާފަށް، ދައުލަތައް ޓެކްސެއް ނުދައްކާ، ވަށަފަރުގެ އިޖުތިމާއީ ކަމަކަށް އެހީއެއްނުވޭ، ބޯޓުންމުދާގަންނަނީ ނަގުދު ރުފިޔާދީފަ ވަށަފަރުގެ ފިހާރަތަކުގަ ހުރިމުދާ ހަމައެއަގުގަ ގަޑުކޮށްގަނެލަނީ، ފިހާރަ އެކައުންޓްގަ އޮތީ ކޯޗެއްތޯ ނުބަލާ.. މީލަދުވެތި ވާހަކަ
އެމީހުނައް ހީވަނީ ދުނިޔެ ގައި ދަށު ލެވޭނެ ހިން . އިހަވަންދު ބޯޓް އަކީ ޖީއެސްޓީ އަށް މަކަރު ހަދާބައެށް ނޫން ތިޔަ ރަށު 3 ފިހާރަ ޔަށް އަގު ހެޔޮކޮއް މުދާ ދޭންވެސް ބުނި އެކަމު ނުނެގީ . ގެސްހައުސް ވިޔަފާރި ޑޮމިނޭޓް ކޮއްލެވޭނީ ވަކި ހިސާބަކަށް ތިޔަރަށު މީހަކު ބުނީ ގެސްޓުހައުސް ވިޔަފާރިން ނަފާ ލިބޭ އެކަކުވެސް ނޫޅޭކަމަށް . ތިލާރި ލިބެނީ އެމީހުނަށް އެކަންޏޭ ! ގޮބޮޅި އެއްވެސް ގެސްޓުން ގަތުން އޮންނަނީ މަނާކޮށްފަޔޯ ހެހެ . އަދިވެސް ތަޖުރިބާ ކޮންލަން ދާންވީ؟ އަނގަ ހޮޅުވާތީ ލަދުގަނޭ
ހަގީގަތް ވާނީ ހަގީގަތަށް ވިޔަފާރީ ފުޅާ ދާ އިރާގަ ކުރަން ރައްޔިތުން އަށް ބަދަރުން ދީފާވަ ބިންތަށް ކޮބާ؟ ކާކު ރައްޔިތުން އަށް ފަސޭހަ އަށް އެތާ ކަމެއް ފެށީ…އާން ގެސްޓުން އަކަށް މިހާރަކު އެ ރަށަކުން އެއްޗެށް ނުވިއްކެ.. ނުގައްނަން ބުނެފަ އޮންނާތީ ދޯ ނުގައްނާނީ…ކުޑަ މިންވަރުން ގެސްޓުން އަށް ކަމެށް ކޮށްދިނީމަ އާމުކޮށް ގެސްޓުން އަތުން ލިބޭ ޓިޕްސް ތި ރަށަކުން ނުލިބެ…އެއީ އެމީހުން ކައިރި ނުދޭން ބުނެފަ އޮންނާތި…އެހެން ނޫންނަމަ އެވާހަކަ އެއް އެއްވެސް މީހަކު ނުދައްކާނެ…..މީގެ ކުރިން އަލިދޫ ގެސްޓުން ވަށަފަރަށް ދިޔައިމަ ތިރަށު ރައްޔިތުން އުޅުނު ގޮތް ވެސް އަހަރުން އަށް ފެނިފަވަނީ….
ތީ ވަރަށް ބޮޑު ތެދު މުޅި ރަށް ތިޔަ ބައިގނޑު ކައި ހުސްކޮއްފި ހަމަ ރަތްޔިތުންގެ ހައްގުގަ އެހެން ރަށްރަށުގަ ގެސްޓުހައުސް ހިންގަނީ ރަތްޔިތުންނާ ވެސް ގުޅިގެން އަލިދޫ ގެސްޓުން ނައް 5 ޑޮލަރައް ކުރުބާ
މަ ވިއްކިން (ތިބާ އޭނާއަށް ބުނެދީ ބަލާާށެވެ. އެންމެހައިތަކެތި މިލްކުވެގެންވަނީ ﷲ އަށެވެ. އޭނާ ބޮޑާވެ އަނިޔާވެރިވާ އޭނާގެ ބޮޑު މުއްސަނދިކަން ﷲ އިރާދަ ކުރައްވައިފިނަމަ އެސްފިޔަ ޖަހާލާހައި ކުޑައިރުކޮޅެއްގެ ތެރޭގައި ގެންދަވާފާނެއެވެ.