•  
  •  
  •  
  •  
  •  
  •  

އިންޑިޔާއަށް ކުރި ވިއްސާރާގައި ދަނޑުތައް ހަލާކުވެ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވެ ރާއްޖޭގެ ފިޔާގެ އަގު އަތްނުފޯރާ ވަރަށް އުފުލިއްޖެއެވެ.

ފިޔާ ބަސްތާއެއް މާލެއިން 800 އާއި 900ރ. އާ ދެމެދު ހުރިއިރު ރާއްޖެތެރެއަށް ފިޔާ ގެނެސްގެން ވިއްކާ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. ފިޔާ ކިލޯއެއް ފަންސާސް ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު ބާޒާރުން ފިޔާ ހުސްވުމާ ގާތަށް ވަނީ އައިސްފައެވެ.

ނަމަވެސް ސަރުކާރުން ބުނަނީ އިންޑިޔާއިން ރާއްޖެއަށް ފިޔާ ގެނައުމުގައި ދައްޗެއް ނޫޅޭނެ ކަމަށެވެ. އިންޑިޔާއިން ރާއްޖެއަށް ބޭނުންވާ ވަރަށް ފިޔާ ފޮނުވާނެ ކަމަށާއި، އެއްވެސް ބަނދަރެއްގައި ދައްޗެއް ނޫޅޭނެ ކަމަށް ފޮރިން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން 25 ކިލޯ ހުންނަ ފިޔާ ބަސްތާއެއް ލިބެނީ ގާތްގަނޑަކަށް 200ރ. އަށެވެ.

ފިޔާ ލިބުން ދަތިވެ، އިންޑިޔާގެ ނިއުދިއްލީގައި ވެސް ފިޔާގެ އަގު ވަނީ ވަރަށް ބޮޑުތަންނުން އުފުލިފައެވެ. އިންޑިޔާގައި 100 ކިލޯގެ ބަސްތާއެއްގެ އަގު ވަނީ 4،500 ރުފީސް އަށް ބޮޑުވެފަ އެވެ. މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ފިޔާގެ އަގު އިންޑިޔާގައި އެންމެ ބޮޑަށް އުފުލުނުއަހަރެވެ.

އިންޑިޔާއަކީ މި ސަރަހައްދުގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމެވެ. މިދިޔަ އަހަރު އެކަނި ވެސް އިންޑިޔާ އިން 2.2 މިލިއަން ޓަނުގެ ފިޔާ އެކްސްޕޯޓް ކޮށްފައިވެ އެވެ. މިއީ މުޅި އޭޝިޔާގެ ފިޔާގެ އެކްސްޕޯޓުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ