ދުނިޔޭގެ ބުއްދީގެ ބަލިތަކުގެ ދުވަސް

5C0E99E7-66FC-4264-A81E-4A6E70E493D3

މިއަދަކީ މިއީ ދުނިޔޭގެ ބުއްދީގެ ބަލިތަކުގެ ދުވަހެވެ. ހިތާއި ސިކުނޑިއާއި ގުޅިފައިވާ ބުއްދީގެ ބަލިތަކަކީ އޭގެ ޒާތާއި އަސަރާއި ވޭނާއި ބެހޭގޮތުން އަޅުގަޑުމެންގެ މެދުގައި ހޭލުންތެރިކަން ވަރަށް ކުޑަ ބަލީގެ ބާވަތްތަކެކެވެ.  

ބުއްދީގެ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ "މޮޔައިން" ނުވަތަ "ބުއްދިހަމަނުޖެހޭ މީހުންގެ" ގޮތުގައި ބަލާ އުޅެއެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ.

ބުއްދީގެ ބައްޔެއްގައި އުޅޭ މީހަކު ބަލިކަމަށް ގަބޫލު ކުރުމަކީ އެހާމެ އުނދަގޫ ކަމެކެވެ. ވަރަށް ގިނަފަހަރަށް ބެލެވެނީ އެއީ އޭނާގެ ކަންނެތްކަން، ނުވަތަ ފަރުވާ ކުޑަކަން، ނުވަތަ ގޮތެއްނެތް ކަމުގެ އަލާމާތެއްގެ ގޮތުގައެވެ.

ބުއްދީީގެ ބަލިތަކަކީ ދުނިޔޭގައި ނުކުޅެދުންތެރިކަން ހުންނަމީހުން އެންމެ ގިނައިން ތަހައްމަލުކުރަންޖެހިފައިވާ ބައްޔެވެ. އެހެންނަމަވެސް، އެއީ ސްޓްރޯކެއް ނުވަތަ ހާޓްއެޓޭކެއް ޖެހުން، ނުވަތަ އަތްފައިގެ ތަނެއް ބިންދައިގެން ދިއުން، މިނޫންވެސް ހަށިގަނޑުގެ ގުނަވަނަކަށް ޖެހޭ ޖިސްމާނީ ބަލިތައް ފަދައިން ފެންނަން ހުންނަ ބަލިތަކެއް ނޫނެވެ.

ކުރިން ދެންނެވި ފަދަ ޖިސްމާނީ ބަލިތަކަކީ، ޑޮކްޓަރަކަށް ދައްކައިގެން ބޭސްވެރިކަމުގެ ތެރެއިން ފަރުވާ ހޯދޭ ބަލިތަކެވެ. ފެންވަރު ރަގަޅު ވަޞީލަތްތަކާއި މޮޅު ޑޮކްޓަރުން ގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެހުމުން އެވީއެވެ.

ބުއްދީގެ ބަލިތަކަށް، ފެންވަރު ރަގަޅު ވަޞީލަތަކުން ނުވަތަ މޮޅު ޑޮކުޓަރުން ތިބުމަކުން އެކަނި ނުފުދެއެވެ. ބުއްދީގެ ބަލިތަކުގެ ފަރުވާއަކީ ވަކި ތަނަކަށް ކޮންޓެއިން ވެފައިވާ ކަމަކަށް ނުވާތީއެވެ.

ބުއްދީގެ ބަލިތަކުގެ ފަރުވާގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ، އަޅާލާ އޯގާތެރި އާއިލާއަކީ މުޖުތަމައެެކެވެ. ފަރުވާ ލިބެނީ ބަލިމީހާ ކުރާ ތަޖުރިބާ ތަކުގެ ތެރެއިންނެވެ.

އެހެންކަމުން، ބުއްދީގެ ބަލިތަކަށް ފަރުވާކުރުމަށް މުޖުތަމައުގެ ކުދި ބޮޑު އެންމެން އަހުލުވެރިކުރުވާ، ތައުލީމުދީ، ތަމްރީނުކުރުވަން ޖެހެއެވެ. މިއީ ބިރުވެރި ހަގީގަތެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަލުގަނޑެއް ނުދަންނަން ބުއްދިގެ ބައްޔަކީ ކޮބައިކަމެއް. ދިވެހިން ތިނަންވެސް އަޑެއްނާހަން. މިލިޔުމަކުންވެސް ނޭނގުނު ކޮބައިކަމެއް އެބައްޔަކީ.

Leave a Reply to އަހްމަދު ، ނައިފަރު ރައްދު ކެންސަލް

Your email address will not be published. Required fields are marked *