އެމްޑީއެން މީހުން ސަރުކާރުން ބޭރުކުރަން އެމްޑީޕީގެ 35 މެންބަރުން ބޭނުމެއްނުވި

Agenda 19

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާތީ އެ ޖަމިއްޔާގައި މެންބަރުންގެ ގޮތުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް، މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝިޔާމެވެ. މިކުއްލި މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މިމައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.

މެންބަރު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، އެމްޑީއެން އިން " ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް " ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާކަން ސަރުކާރުން ގަބޫލުކޮށްފައިވީރު، އެ ޖަމިއްޔާ ހިންގުމައިގައި ހަރަކާތްތެރިވި މީހުން ސަރުކާރު ވަޒީފާތަކުން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވި އިރު، އެ ޖަމިއްޔާގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި އާއިޝަތު ނޫޝިން ވަހީދު ހުންނެވީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ގޮތުގަ އެވެ. އޭނާ އެ ޖަމިއްޔާ އިން އިސްތިއުފާ ދެއްވީ ރިޕޯޓާ ގުޅިގެން ފާޑު ކިޔުން އަމާޒުވުމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

Leave a Reply to އަހުމަދު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި