ފުރޮޅުލީ ގޮނޑިއެއްގައި ސައިންސްގެ ދުނިޔެ ފަތަހަކުރި ސްޓެފަން ހޯކިންގް

7-things-you-didn8217t-know-about-stephen-hawkings-featured-photo

"އަހަރެން މަރުވެދާނެތީ ބިރެއް ނުގަނޭ، އަދި އަހަރެން މަރުވުމުގެ ކުރިން ދިރިއުޅުމުގައި ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރުމުން، އަހަރެން މަރުވަން އަވަސްވެ ގަނެގެންނޫޅެން"

މިއީ، އެންމެންގެ މެދުގައި ވަރަށް މަގުބޫލު އަދި އެހާމެ ވަރުގަދަ ސައިންސުވެރިއެއްކަމުގައިވާ، ސްޓެފަން ހޯކިން ބުނެފައިވާ ވާހަކައެކެވެ. ސްޓެފަން ހޯކިން އަކީ، އޭނާގެ ހަށިގަނޑުގެ އެއްވެސް ބައެއް މަސައްކަތެއް ނުކުރާ، އަދި ހިނގާބިނގާވެ ނޫޅެވޭ މީހެކެވެ. ނަމަވެސް ކާމިޔާބުގެ އުސްމިންތައް ހާސިލްކޮށްފައިވާ ސައިންޓިސްޓެކެވެ. ސްޓެފަން ބުނަނީ މަރަކީ ޔަގީން އެއްޗެއްކަމުގައެވެ. އަދި އުފަންވުމާއި މަރުވުމާ ދެމެދު ދިރިއުޅޭނީ ކިހިނެއްކަން ހިޔާރުކުރާނީ ހުދު ތިމާއެވެ. ދިރިއުޅުން ކިތަންމެ އުނދަގޫ ވިޔަސް ދިރިއުޅުމުގެ ކާމިޔާބީ ބަރޯސާވަނީ އަހަރެމެންގެ ވިސްނުމުގެ މައްޗަށް ކަމުގައެވެ.

އެއްވެސް ކަމެއް ނުކުރެވި ގޮނޑިއެއްގައި އިންނަންޖެހިފައިވާ ސްޓެފަން އުފަންވީ 8 ޖެނުއަރީ 1942 ގައި އިންގްލެންޑްގެ އޮކްސްފޯޑަށެވެ. ސްޓެފަން އުފަންވިއިރު ސްޓެފަންގެ މައިންބަފައިން ދިރިއުޅެމުން ދިޔައީ ދެވަނަ ބޮޑު ހަނގުރާމަ ހިނގަމުން ދިޔަ ލަންޑަންގެ ހައިޓައުންގައެވެ. އެތާނގައި ކޮންމެ ދުވަހަކުވެސް ބޮން ގޮއްވަމުން ދިޔައެވެ. އޭގެ ސަބަބުން ސްޓެފަން ގެ މައިންބަފައިން އޮކްސްފޯޑަށް އައެވެ. އޭރު ސްޓެފަންގެ މަންމަ އިނީ ސްޓެފަންއަން ބަލިވެއެވެ. ސްޓެފަން އަކީ ކުޑައިރުން ފެށިގެން ވަރަށް ބުއްދިވެރި މީހެކެވެ.

ސްޓެފަންގެ ބައްޕައަކީ ޑޮކްޓަރެކެވެ. މަންމައަކީ ގެވެށި އަންހެނެކެވެ. ކުޑައިރު ސްޓެފަންގެ ބައްޕަ، އޭނާއަށް އައިންސްޓައިން އޭ ކިޔާ އުޅުނެވެ. އެއީ ކުޑައިރުންސުރެ ސްޓެފަން ސައިންސަށް ލޯބިކުރާ މިންވަރު ފެނިފައެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި އޮކްސްފޯޑް ޔުނިވާސިޓީގައި އެންރޯލްވިއެވެ. ހިސާބު އިލްމަށް ވަރަށް ޝައުގުވެރިކަން ހުންނަ ސްޓެފަން، އުމުރުން އެންމެ 17 އަހަރުގައި ބޭނުންކޮށް ބައުވެފައިވާ ބައެއް އިލެކްޓްރޯނިކްސް ސާމާނު ބޭނުންކޮށްގެން ކޮމްޕިއުޓަރު ސިސްޓަމެއް ތައްޔާރުކޮށް، މުޅި އޮކުސްފޯޑް ޔުނިވާސިޓީ ސިއްސުވާލިއެވެ.

1962 ވަނަ އަހަރު ނެޗުރަލް ސައިންސްގެ ރޮނގުން ޝަރަފުވެރި ކަމާއެކު ގްރެޖުއޭޓްވިއެވެ. އަދި ކޮސްމޮލޮޖީގެ ރޮނގުން ޕީއެޗްޑީ ހެދުމަށްޓަކައި، ކެމްބްރިޖް ޔުނިވާސިޓީގެ ޓްރިނިޓީ ހޯލާ ގުޅުނެވެ. 1968 ވަނަ އަހަރު ސްޓެފަން ވަނީ ކެމްބްރިޖްގެ އިންސްޓިޓިއުޓް އޮފް އެސްޓްރޮނޮމީ ގެ މެމްބަރަކަށް ވެފައެވެ. ޖެހިގެން އައި އަހަރުތަކަކީ ސްޓެފަން އާއި އޭނާގެ ދިރާސާތަކަށް ވަރަށް ފައިދާހުރި އަހަރުތަކެކެވެ. 1973 ވަނަ އަހަރު އޭނާ ވަނީ ޖީ.އެފް.އާރ އެލިސް އާއެކު އޭނާގެ ފުރަތަމަ، ފޮތް ކަމަށްވާ "ދަ ލާޖް ސްކޭލް ސްޓްރަކްޗަރ އޮފް ސްޕޭސް-ޓައިމް" ނެރެފައެވެ.

އޮކްސްފޯޑް ޔުނިވާސިޓީގައި ކިޔަވަން އުޅުނު އިރު، އޭނާއަށް މަސައްކަތްތައް ކުރުމުގައި ކޮންމެވެސް ވަރެއްގެ އުނދަގުލެއް ވާން ފެށި އެވެ. އެއް ފަހަރަކު ސްޓެފަން އޭނާގެ ގޭގެ ސިޑިން ވެއްޓުނެވެ. އެންމެންވެސް ބެލީ ކައްސާލައިގެން ވެއްޓުނީ ކަމަށެވެ. ނަމަވެސް، ފަހުން އެނގުނީ  ހޭނެތިގެން ވެއްޓުނުކަމެވެ. ދެންވެސް އެކަމާ މާބޮޑު ސަމާލުކަމެއް ނުދީ، އެއީ މާބޮޑަށް ވަރުބަލިވެގެން ވީ ކަމެއް ކަމަށް އެންމެންވެސް ނިންމިއެވެ. އެކަމަކު މިކަހަލަ ތަފާތު އެތައް ހާދިސާތަކެއް ތަކުރާރުވާންފެށިއެވެ. އެތައް ޑޮކުޓަރުންނަކަށް ދައްކާ އެތައް ޓެސްޓުތަކެއް ހެދުނެވެ. އެނގިގެން ދިޔައީ، އެމިއޯޓްރޮފިކް ލެޓަރަލް ސްކެލެރޯސިސް (އޭއެލްއެސް) ކިޔާ ބައްޔެއް ޖެހިފައިވާކަމެވެ. އޭއެލްއެސް ބަލީގެ އަލާމާތްތައް ބޮޑުވަމުން އަންނަ ވަރަކަށް، ސިކުނޑީގައި ހުންނަ 'މޯޓަރު ނިއުރޯންތައް' ހަށިގަނޑުގެ މަސްތަކަށް ދޭ މެސެޖުތަކަށް ހުރަސް އެޅެއެވެ.

މި ބަލި ޖެހުމުން، މަސްތައް ކޮންޓްރޯލް ކުރާ ހުރިހާ ނިޒާމެއް، މަޑުމަޑުން މަސައްކަތް ކުރުން ހުއްޓާލައެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތަށް ކޮންޓްރޯލްކުރުމަށް ނުކުޅެދުންތެރިވެގެން ދެއެވެ. އަދި ކުރިއަށް އޮތް 2 އަހަރު ތެރޭގައި، ހަށިގަނޑުގެ ހުރިހާ ނިޒާމެއްގެ މަސައްކަތްތައް ހުއްޓާލާ ސްޓެފަންއަށް އެއްވެސް ޚަރަކާތެއް ނުކުރެވިދާނެކަމަށް ޑޮކްޓަރު ބުންޏެވެ. ސްޓެފަން އަށް ވެސް މިކަމުގެ އަސަރުތައް މަޑުމަޑުން ތަހައްމަލް ކުރެވެންފެށިއެވެ. ނަމަވެސް ސްޓެފަން އޭނާގެ މައިންބަފައިންނާ އާއިލާގެ މީހުންނަށް ބުނެދިނީ އެންމެ ވާހަކައެކެވެ. އެއީ، ގޮނޑިއެއްގައި އިށީއިނދެ ކަމެއް ނުކޮށް އިނދެގެން މަރުވަން ބޭނުން ނުވާކަމުގައެވެ.

މިހާ ހިސާބުން، އޭނާގެ ބައްޔާ އޭނާ ހަނގުރާމަކުރަން ފެށިއެވެ. އަދި ބަލި ހާލަތު ފަހަށްލުމަށްފަހު، އޭނާގެ ވަގުތުތައް ސައިންސްގެ ހޯދުންތަކަށް ހުސްކުރިއެވެ. ސައިންސްގެ ރޮނގުގާ އަމިއްލަ ނަފްސު މުޅިން ގުރުބާންކޮށް، އޭނާގެ ސައިންޓިފިކް ހަޔާތުގެ ދަތުރުގައި ކުރިއަށް ދިއައެވެ. އޭނާގެ މަޝްހޫރުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޑުމަޑުން ފެތުރިގެން ދިޔަ ކަމަށެވެ. ހީވީ އޭނާގެ ބަލި އޭނާއަށް ނިޢުމަތެއްގެ ގޮތުގައި ވެގެން ދިއަހެންނެވެ. ނަމަވެސް އަނެއްކޮޅުން އޭނާގެ ހަށިގަނޑުވެސް އޭނާއާ މަޑުމަޑުން ދިއައީ ވަކިވަމުންނެވެ.

މަޑުމަޑުން އޭނާގެ ހަށިގަނޑުގެ ވާތް ފަރާތުގެ ވާގިނެތި، ކޮޅަށް ހުރުމަށް ނުކުޅެދުނެވެ. އަދި ބަލިހާލަތު ބޮޑުވަމުންގޮސް ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހިއްޖެއެވެ. މި ގޮޑި ފަރުމާކޮށްފައިވަނީ، އޭނާގެ ބޮލާއި، ލޯ އަދި މަޑުމަޑުން ބުނަން އުޅޭ އެއްޗެއް، ވައިބްރޭޝަންގެ ސަބަބުން ދެނެގަނެވޭ ކޮމްޕިއުޓަރު ނިޒާމަކާއެކުގައެވެ. ސްޓެފަންގެ މުޅި ހަށިގަނޑު މަސައްކަތް ކުރުން ހުއްޓާލި ނަމަވެސް ސްޓެފަން އަށް ލިބުނު އެންމެބޮޑު އުއްމީދަކީ، މިބަލީގައި ހަމައެކަނި ޖިސްމާނީ ގޮތުން ހަށިގަނޑު ހަރަކާތް ނުކުރެވޭކަމެވެ. ވިސްނާ ފިކުރުކުރުމުގެ ގާބިލްކަން ސްޓެފަންއަށް ކުރިއެކޭވެސް އެއްގޮތަށް ލިބިފައިވެއެވެ.

ސްޓެފަން ހޯކިންސް، 2018 ވަނަ އަހަރު، އުމުރުން 76 އަހަރުގައި މި ދުނިޔެ ދޫކޮށްފައިވަނީ، ބްލެކް ހޯލްގެ ކޮންސެޕްޓާއި ހަލްކިން ރޭޑިއޭޝަން ގެ ވިސްނުން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ. ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުރި ނަމަވެސް، އޭނާގެ އިތުބާރުގެ ވަރުގަދަކަމުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އެންމެ ތަފާތު ސައިންޓިސްޓުގެ ގޮތުގައި ސާބިތުކޮށްދީ ދައްކުވައިދީފައެވެ. ދެންތިބީންނަށް ކުރިއަށް ދިއުމަށް ފިލާވަޅުތަކެއް ދިނުމަށްފަހުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސްޓެފަން އަށްވުރެ ސަތީހް އެތައްހާސް ގުނައެއް މޮޅެވެ. ސަތިހަކީ ހަށިގަނޑުގައި ކަށިނެތް ހަމައެކަނި މަހުން ހަށިގަނޑު ހެއްދެވިފައިވާ މީހެކެވެ. އެއީ ދިމުސްގުގެ ރައްޔިތެކެވެ. އެނާ އެއްތަނުން އަނެއްތަނަށް ގެންދަނީ އަށިގަނގަކަށް ލައިގެނެވެ. އޭނާ ތިންސަތޭކަ އަހަރު ނުވަތަ ހަތްސަތޭކަ އަހަރު ވަންދެން ދުނިޔޭގައި އޮތްކަމަށްވޭ!

Leave a Reply to އަލިފު ޙާ! ރައްދު ކެންސަލް

Your email address will not be published. Required fields are marked *