މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

FFmYmu-VQAAkQNe

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ހއ. މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށަްިފިއެވެ.

މިއަދު މާރަންދޫގެ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފެށުން އިފްތިތާހު ކޮށްދެއްވާފައި ވަނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް އަދި މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫންއެވެ.

މި މަޝްރޫގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މާރަންދޫ އަށް ފޮނުވައި، ފެނުގެ ނިޒާމްގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ ބިލްޑިން އިމާރާތުގެ 31 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 37.5 ކިލޯމީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބަހައްޓައި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.

މި މަޝްރޫގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 86.4 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމް ކުރުމާއި، 59.1 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ހަތަރު ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފޯލް އެއް ގާއިމްކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، ގެތަކަށް ނަރުދަމާގެ ހިދުމަތް ވެސް ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 80.72 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި