ޒާންގެ ސްޓެމް ސެލް ތެރަޕީއަށް މަދުވަނީ، 200 ރުފިޔާގެ މަގުން 462 މީހުންގެ ދީލަތި އެހީއެއް!

F815EC7B-7947-4489-8690-3F45F2024472

އުމުރުން 12 އަހަރުގެ ޒާން ޒަބީރުއަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ތަހަންމަލް ކުރަމުންދާ ކުއްޖެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. މިއީ ނިއުރޮލޮޖިކަލް ޑިސްއޯޑާއެއް ކަމަށްވާތީ ކުއްޖާގެ ސިކުނޑިއަށް އަސަރުކުރެއެވެ. ވުމާއެކު ކުއްޖާގެ ވާހަކަ ދެއްކުމުގެ ބާރަށާއި އެހެން މީހުންނާއި އޮންނަ ގުޅުމުގެ ބާރަށް ހުރަސްއެޅެއެވެ

ޒާންގެ މަންމަ އައިމިނަތު އިހުސާނާ ބުނެފައިވާ ގޮތުގައި ޒާން ކުޑައިރު ވެސް އެހެން ކުދިންނާއި ތަފާތުތަކެއް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭރު އެއީ އޯޓިޒަމްގެ އަލާމާތްތަކެއް ކަމެއް ނޭނގެއެވެ.

ބައިނަލްއަޤުވާމީ އޯޓިޒަމް ދުވަހު އެ ބައްޔާއި ގުޅޭގޮތުން ސޯސަލް މީޑިއާގައި ކޮށްފައިހުރި ޕޯސްޓްތަކެއް ފެނި ޒާންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ޕޯސްޓް ތަކުގައިވާ މަޢުލޫމާތާއި ގުޅުމެއްވާކަމަށް އިހުސާނާއަށް ފާހަގަ ކުރެވުނެވެ. އެހިސާބުން ޒާން ޑޮކްޓަރަށް ދެއްކުމުން ޒާންއަކީ އޯޓިސްޓިކް ކުއްޖެއްކަން ޔަޤީންވިއެވެ. އޭރު ޒާންގެ އުމުރުން ދެ އަހަރު ފުރިއްޖެއެވެ. އިހުސާނާ ބުނެފައިވާ ގޮތުގައި ދަރިފުޅަކީ އެފަދަ ބަލިކަމެއް ހުރި ކުއްޖެއްކަން ފުރަތަމަ ޤަބޫލްކުރަން އޭނާގެ ޒަމީރު ވެސް ދެކޮޅު ހެދިއެވެ.

މާލީ ދަތިތަކުގެ ސަބަބުން ޒާންގެ ފަރުވާނުފެށި މުއްދަތެއް ދިޔަ ނަމަވެސް ފާއިތުވި ދިހަ އަހަރެއްހާ ދުވަހު ޒާންއަށް ފަރުވާކުރުމުގައި ޒާންގެ އާއިލާއިންވަނީ ކެތްތެރިކަމާއިއެކު ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އޮކިއުޕޭޝަން ތެރަޕީއާއި، ސްޕީޗް ތެރަޕީއާއި ބިހޭވިއާ ތެރަޕީފަދަ ތެރަޕީތައް ދީގެން ދަރިފުޅުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެ ތެރަޕީތަކުން އަންނަ ހެޔޮބަދަލު ދާއިމަށް ހަރުލައި ނުހުންނަކަށް އިހުސާނާ ވަނީ ފާހަގަކޮށްފައެވެ.

ޒާންއަށް ބަދަލުތަކެއް އައިސް އުންމީދެއް ލިބެންފެށީ އިހުސާނާ ފާހަގަ ކޮށްފައިވާ ގޮތުގައި މީގެ ތިންއަހަރެއްހާ ދުވަސް ކުރިން އިންޑިއާގެ މުމްބާއީއަށް ގޮސް ކުރި ސްޓެމް ސެލް ފަރުވާއަށް ފަހުއެވެ. އެ ފަރުވާގެ ކުރިން ޒާންއަށް އެއްވެސް ކަމެއް އަމިއްލައަށް ނުކުރެވުނު ނަމަވެސް، ފަރުވާއަށް ފަހު ޒާން އަމިއްލައަށް ކައިހެދުމާއި، އަމިއްލައަށް ފެންވެރުމުގެ އިތުރުން ކޮނެމެވެސް ވަރަކަށް ވާހަކަ ދައްކަން ވެސް ވަނީ ފަށާފައެވެ.

ސްޓެމް ސެލް ތެރަޕީއަކީ އެކުއްޖެއްގެ ގާބިލްކަން ހުންނަ ވަރަކުން ރިޕީޓް ކުރަންޖެހޭ ޕްރޮސީޖާއަކަށް ވީއިރު އެއީ އެހާމެ ޚަރަދު ބޮޑު ފަރުވާއެކެވެ. ކިތަންމެ ބޮޑު ޚަރަދެއް ކުރަންޖެހުނު ނަމަވެސް އެ އާއިލާއިންތިބީ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫނެވެ.

ސްޓެމް ސެލް ތެރަޕީގެ ޚިދުމަތް ރަނގަޅު އެއްތަނަކީ ޔޫކްރެއިންގެ ސެލް ތެރަޕީ ސެންޓަރ އެމް ސެލްކަމަށް ވާތީވެ އެ އާއިލާއިން އަންނަނީ ކުރިއަށް އޮތް ޑިސެމްބަރ މަހު ފަރުވާއަށް ޔުކްރެއިންނަށް ފުރަން ތައްޔާރު ވަމުންނެވެ. ނަމަވެސް އެ އާއިލާއިން ލަފާކުރާ ގޮތުގައި މި ދަތުރަށާއި ފަރުވާއަށް 20000 (ވިހިހާސް އެމެރިކާ ޑޮލަރު) ޚަރަދުވާނެއެވެ.

ފާއިތުވި މުއްދަތުގައި އެ އާއިލާއިން ޒާންގެ ފަރުވާއަށް ފައިސާ ހޯދުމުގެ ގޮތުން ވަނީ ތަފާތުގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުން މިހާރު ބޭނުންވާ ފައިސާގެ ހަތްދިހަ އިންސައްތަ ހަމަކުރެވިފައިވާކަން އިހުސާނާ ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް މި އޮތްކުރު މުއްދަތުގައި ޒާންގެ ފަރުވާއަށް ބޭނުންވާ ފައިސާ ހަމަކުރުމަށް އެ އާއިލާއިން މަސައްކަތްކުރަމުން އަންނައިރު އެ އާއިލާއިންވަނީ ބޭނުންވާ ޓާގެޓަށް ވާސިލްވުމަށް އެންމެހާ ފަރާތްތަކުގެ އެހީތެރިކަމަށް އެދެމުންނެވެ.

ބާކީ 30% އަށްވާ 92,520 ހޯދުމަށް 200 ރުފިޔާ އަކީވެސް ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ. 462 މީހުން 200 ރުފިޔާގެ އެހީއެއް ވެދެއްވައިފިނަމަ މިއަދަދު ހަމަވީއެވެ.

ޒާންއާއިގުޅޭ މަޢުލޫމާތު ހިއްސާކުރުމަށާއި ޒާންގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އެ އާއިލާއިން "ޒާން" ގެ ނަމުގައި އަންނަނީ ފޭސްބުކް ޕޭޖެއް ވެސް ހިންގަމުންނެވެ. ޒާންއާއި ގުޅޭ ގިނަ މަޢުލޫމާތި މި ޕޭޖުންވެސް ލިބިލައްވާނެއެވެ.

A very heartfelt thank you for all those who visited and contributed for zaan. 💙
We still have a long way to go and...

Posted by Zaan on Friday, November 19, 2021

ޒާންއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ކޮށްގެން ވެސް އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ. އެ އާއިލާއިން އެދެނީ ކޮންމެ ފަރާތަކަށް ވެސް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވުމެވެ.

ރުފިޔާ އެކައުންޓް ނަމްބަރ: 7770000025637

ޑޮލަރު އެކައުންޓް ނަމްބަރ: 7770000023486

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކޮބާތަ ސަރުކާރު….ކިހާ ދެރަ ކަމެއް..ތިހާވަރުގެ ކަމެއްގައި އެހީއެއް އާސަންދަ އާއި އެންސުޕާ އިން ނުދެވެންވީ ސަބަބެއް ނޭނގުނު. އެއީ ދިވެހިންގެ ފައިސާއެއް ނޫންތަ؟ ބަލަ އެއީ ބޮޑުންގެ އެކަނި ފައިސާއެއް ނޫން.

  2. ކިހިނެއް ވާނީ 3080 މީހުން ކޮންމެ މީހަކު 30ރ ފޮނުވިއްޔާ. ޖީބައް ލުއި މީޒާނަށް ބަރު.

Leave a Reply to ހ ރައްދު ކެންސަލް

Your email address will not be published.