ކަސްޓަމްސްގެ މަސައްކަތުން މަސްތުވާތަކެތި އަތުލައިގަނެވޭ ވަރު އިތުރުވެއްޖެ: މާރިޔާ

FB_IMG_1631885259628

ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުގެ ސަބަބުން ފަހަކަށް އައިސް، މަސްތުވާތަކެތި އަތުލައިގަނެވޭ ވަރު އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރި ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުން ހުނަރުވެރިވެފައި ކުޅަދާނަ ކަމަށެވެ.

އޭގެ ސަބަބުން އަތުލައިގަނެވޭ މަސްތުވާތަކެތީގެ މިންވަރު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ މި އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާރީގެ ޚަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތު މީހާއަށް ހެޔޮ އަގުގައި ތަކެތި ގަންނަން ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކުޅުއުއްފުށި ސިޓީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ ދީދީ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މާރިއާ ދީދީ ގެ އިތުރުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަބްދު ﷲ ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި އެސިޓީގެ މުވައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.