މުޙްޔިއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ކުޅުދުއްފުށީ މަލްދާ އަށް

big_DbSM8PuNp5S77oUy49iVc6CKU

ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހދ. ކުޅުދުއްފުށީ ކަންމަތީގޭ، އާމިނަތު މަލްދާ ހޮވިއްޖެ އެވެ.

އިއްޔެ ހަވީރު މުޙްޔިއްދީން ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މަލްދާއަށް އިނާމު ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

މަލްދާ ވަނީ މިދިޔަ އަހަރު އޯ ލެވެލްގެ ޓޮޕް ޓެން އަދި މުޙްޔިއްދީން ސްކޫލް ޓޮޕް ޓެންގައިވެސް ހިމެނިފައިވުމުގެ އިތުރުން އެކި އެކި މުބާރާތްތަކުގައި ރަން ވަނަތަކެއް ހޯދައިދީފައިވާއިރު އޭނާ ވަނީ މުޙްޔިއްދީން ސްކޫލުގެ ހިއުމަން ރައިޓްސް ކްލަބުގެ ރައީސްކަންވެސް ކޮށްފައެވެ.

މަލްދާއަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ ޓްރޮފީ ޕީޓީއޭއިން ދެއްވާ ފައިސާގެ އިނާމްގެ އިތުރުން ސްކޫލުން ދޭ ހަނދާނީ ފިލާ އަރުވާފައެވެ. މިހާރު މަލްދާ ތައްލީމް ހާސިލްކުރަމުން އަންނަނީ ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގައެވެ.

މި ރަސްމިއްޔާތުގައި އޯލެވެލް ޓޮޕް ޓެންގައި ހިމެނުނު އެ ސްކޫލުގެ ދަރިވަރުންނާއި ސްކޫލު ޓޮޕްޓެންގައި ހިމެނުނު ދަރިވަރުންގެ އިތުރުން ސްކޫލުގެ އެކި މުބާރާތް ތަކުގައި ވަނަތައް ހާސިލްކޮށްފައިވާ ދަރިވަރުންނަށް އެވޯޑް ވަނީ ހަވާލުކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *