178 އަހަރުވީ ބޮޑު ކުންފުނި "ތޯމަސް ކުކް" އިނދަޖެހުމާއެކު ބޮޑު ސިހުމެއް

17F97BD0-F5A9-4652-9D4A-6C5501461D44

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޓުއަރ އޮޕަރޭޓަރުކަމުގައިވާ "ތޯމަސް ކުކް" ބަނގުރޓޫވެ، އެއްކޮށް އިނދަޖެހުން ވެގެން ދިޔައީ އެތައް ބަޔަކަށް ކުއްލި ސިހުން ގެނުވި ކަމަކަށެވެ. ގިނަ ބަޔަކަށް މިއީ ހިތާމަވެރި ޚަބަރަކަށްވެގެންދިޔައެވެ.

ހިތާމަވެރި ޚަބަރަކަށްވެ، އެކުންފުނި އިނދަޖެހި ހުއްޓާލަން ނިންމުމުން، އެތައް ބަޔަކު، ދުނިޔޭގެ އެތަން މިތަނުގައި ހާލުގައި ޖެހުނެވެ. އެނބުރި އެމީހުންގެ ޤައުމަށް ދެވޭނެ ގޮތެއް ނެތި، އެތައް ބަޔަކު ގޮތްހުސްވެގެން ދިޔައެވެ. މިއީ، ދުނިޔޭގައި މިހާތަނަށް، ހަނގުރާމައެއް ނުވަތަ އެފަދަ އެހެން ހާލަތެއް މެދުވެރިނުވެ، އެންމެ ގިނަ ބަޔަކު އެތަން މިތަނުގައި ޤައުމަށް ދެވޭނެ ގޮތެއް ނެތި ތާށިވި އެންމެ ބޮޑު ތާށިވުމެވެ.

178 އަހަރުވީ މި ބޮޑު ކުންފުނިން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާގެ އެތައް ޚިދުމަތެއް ފޯރުކޮށްދެމުންނެވެ. އެއަރލައިންތަކާ، ޓްރެވެލް އޭޖެންޓުކަމާއި، ހޮޓަލްތައް ހިންގުމާއި މަނީ އެކްސްޗޭންޖް ޚިދުމަތްތައް ދިޔައީ ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް، މިއީވެސް ވަރަށް އާދައިގެކޮށް ފެށި ކުންފުންޏެވެ.

ތޯމަސް ކުކްގެ ޚިދުމަތްތައް އެންމެ ފުރަތަމަ ފަށާފައިވަނީ 1841 ވަނަ އަހަރު، އެއް ދުވަހުގެ ރެއިލްވޭ އެކްސްކާޝަން ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައެވެ. އެއަށްފަހު، އަހަރަކަށްވުރެ އަހަރެއް، ތޯމަސް ކުކް ގެންދިޔައީ އޭނާގެ ކުންފުނި ފުޅާކޮށް ވަރުގަދަ ކުރަމުންނެވެ. މިހެން ގޮސް، އިނގިރޭސިވިލާތުން ފެށި ޚިދުމަތް، މުޅި ޔޫރަޕަށް ފުޅާވެ، ޔޫރަޕުން ބޭރަށްވެސް ދިޔައެވެ.

އަހަރުތައް ފާއިތުވެގެން ދިޔައިރު، އެކުންފުނީގެ ހިންގުމަށްވަނީ އެތައް ބަދަލުތަކެއްވެސް އަތުވެފައެވެ. އެގޮތުން އެތައް ކުންފުންޏެއް ވަނީ، ތޯމަސް ކުކްއާ އެއްކޮށްލާފައެވެ. އަދި އެކުންފުނިންވަނީ އެތައް ކުންފުންޏެއް ގަނެފައިވެސްމެއެވެ.

އެހެންނަމަވެސް، ބިޔަކޮށް، ބޮޑުކޮށް އޮތް ތޯމަސް ކުކް ގްރޫޕް މިއަދުވަނީ ހަމަ އެކަށް އިނދަޖެހިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *