ކޭސްތަކުގެ އަދަދު މައްޗަށްދާތީއާއި، ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވްވަމުން ދާތީ ކޭއާރުއެޗްގެ ހާއްސަ އިލްތިމާސްއެއް

KRH

ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުން އައުމާއި އަދި އެ ސިޓީން ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ވެސް ޕޮޒިޓިވް ކޭސްތައް ފެނިފައިވާތީ އިތުރަށް ސަމާލުވެ ރައްކާތެރި ފިޔަވަޅުތަކާއިއެކު އުޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިލްތިމާސް ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ ފާއިތުވި ދެ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިބޭ 94 ސާމްޕަލެއް ހިމެނޭ ކަމަށެވެ. ނަމަވެސް މިއަދު އެ ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ ކަމަށެވެ.

ކުޅުދުއްފުށިން އިއްޔެ ވެސް ވަނީ 8 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ރެންޑަމްކޮށް ނެގުނު 2 ސާމްޕަލެއް ވެސް ހިމެނެއެވެ. މިހާރު އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 42 އަށް އަރާފައެވެ.

ކޭސްތައް މައްޗަށް ދިޔުމާއި ގުޅިގެން އެ ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު އުޅުމަށް ރައްޔިތުންގެ ފަރާތުން އެދިލައްވާފައެވެ. މިގޮތުން މާސްކު އެޅައިގެން އުޅުމަށާއި ބައްދަލުވާ މީހުން މަދު ކުރުމަށާއި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމަށާއި، ސާފުތާހިރުކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ރައްޔިތުންގެ ފަރާތުން އެ ހޮސްޕިޓަލުން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން ކަރަންޓީނުގައި ތިއްބަވާ ބޭފުޅުން ވެސް ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމައަށް ތަބާވުމަށާއި އަދި އެއްވެސް ކަހަލަ އަލާމާތެއް ފާހަގަ ވެއްޖެނަމަ ލަސް ނުކުރައްވާ ކޯވިޑަށް ޓެސްޓް ހެދުމަށް އެ ހޮސްޕިޓަލުން ވަނީ އެދިލައްވާފައެވެ.

ކޯވިޑްގެ ސަބަބުން ކުޅުދުއްފުށީ ސިޓީ އޮތީ ބަންދު ވެސް ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Rakkatherikama mivaguthu elheyne enmmme rangalhu fiyavalhaki ra lockdown kurun nooni fahun maabodu dhathikama kurimathilaan jehi vaa gelun maabodu vaane dhe thin viyafaari veriyegge nufoozun mulhi rashige rayyithun halaaka husha naaluvva …

Leave a Reply to Hiyaalu ރައްދު ކެންސަލް

Your email address will not be published. Required fields are marked *