ނަރުދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ޢީދު ހަދިޔާ ބަހައިފި

Narudhoo WDC

ށ.ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ އުމުރުން ދުވަސްވީ ފަރާތްތަކަށް ޢީދު ހަދިޔާ ބަހައިފިއެވެ.

ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން 20 ޖުލައި 2021 ވީ އަންގާރަ ދުވަހު (އަޟްޙާ ޢީދު ދުވަހު) ޢީދު ނަމާދަށްފަހު އެ ރަށުގައި ދިރިއުޅޭ އުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވަނީ ޢީދު ހަދިޔާ ޕެކޭޖެއް އަރުވާފައެވެ.

ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން އެ ކޮމެޓީގެ ރައީސާ މަރިޔަމް ރަޝީދާ ވިދާޅުވެފައި ވަނީ މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ ޢީދުގެ އުފަލުގައި އުމުރުން ދުވަސްވީ ފަރާތްތައް ވެސް ބައިވެރިކޮށް އެ ފަރާތްތަކުގެ ހިތް އުފާ ކޮށްދިނުން ކަމަށެވެ.

"އެ ބޭފުޅުން ތިއްބަވާނި ގޭގައި، ޢީދުގެ މުނާސަބަތުގައި ރަށުގެ މީހުނ ހިތް އުފާކޮށްލަން ހަރަކާތެއް ހިންގިޔަސް އެ ބޭފުޅުންނަށް ގިނަ ފަހަރު އެކަން އެނގިވެސް ނުލައްވާނެ. ވުމާއެކު ހަދިޔާދީ އެ ފަރާތްތަކުގެ ހިތް އުފާކޮށްދިނުމަކީ މި ހަރަކާތުގެ އެންމެ ބޮޑު މަޤުޞަދު" މަރިޔަމް ރަޝީދާ ވިދާޅުވެފައި ވެއެވެ.

މި ހަދިޔާތައް ބެހުމުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ވެސް ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް މެމްބަރުންނެވެ.

މި ހަރަކާތް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލުމުގައި އެ ރަށުގެ، ރަށު ކައުންސިލާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް މަރިޔަމް ވަނީ ޝުކުރު އަދާކޮށްފައެވެ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

Leave a Reply to ާަަޖަމަލުhumhum ރައްދު ކެންސަލް

Your email address will not be published.

ގުޅުންހުރި