ނަރުދޫ ކުލަބް ރެނެއަސަންސްގެ ޢީދު ހަދިޔާ، ރަށުގެ ކޮންމެ ގެޔަކަށް ކުކުޅެއް

photo_2021-07-20_15-44-19

ށ.ނަރުދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ ކުލަބް ރެނެއަސަންސްގެ ފަރާތުން އެ ރަށުގެ ގޭބިސީތަކަށް އަޟްހާ ޢީދުގެ މުނާސަބަތުގައި ޢީދު ހަދިޔާ ބަހައިފިއެވެ.

އެ ކުލަބުގެ ފަރާތުން އެ ރަށު ކޮންމެ ގެއަކަށް ޢީދު ހަދިޔާގެ ގޮތުގައި ވަނީ ކުކުޅެއް ހަދިޔާ ކޮށްފައެވެ. އެ ކުލަނުގެ މެމްބަރުން ނުކުމެ މިއަދު ހެނދުނު ހުރިހާ ގޭބިސީތަކަށް ހަދިޔާ ބަހާ ނިންމާފައިވާއިރު، އެ ކުލަބުން ބުނެފައި ވަނީ ކޮންމެ ގޭބިސީއަކަށް ކުކުޅެއް ހަދިޔާކުރީ ޢީދު ދުވަހުގެ މެންދުރުގެ ސުފުރާއަކީ ޒަމާނުއްސުރެ ކުކުޅު ހުންނަ ސުފުރާއަކަށް ވީ ހިނދު މި އަހަރު ވެސް އެ ރަށު ހުރިހާ ގެއެއްގެ މެމްދުރު ސުފުރާގައި ކުކުޅު ކާން ލިބެން ހުރުން ކަމަށެވެ.

ނަރުދޫ ރެނެއަސަންސްގެ ބައެއް މެންބަރުން މިއަދު އީދު ހަދިޔާ ބަހަން ތައްޔާރުވެގެން

މި ހަރަކާތާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ކުލްބް ރެނެއަސަންސްގެ ރައީސް ހުސެއިން ރިއާޒް ބުނފައިވަނީ މި ހަރަކާތް ހިންގުމުގެ މަޤުޞަދުގެ ތެރޭގައި މިއަދު ހުރިހާ އެންމެން ޢީދު އުފާކުރަމުން އަންނައިރު މި އުފަލުގެ ތެރެއިން އެހެން މީހުންނަށް ހެޔޮ ފޯރުކޮށްދީ ޞަދަޤާތް ކުރުމުގެ ޢާދާ މުޖުތަމަޢުގައި އަށަގެންނެވުން ކަމަށެވެ.

މީގެއިތުރުން ކުލަބުގެ ހަރަކާތްތައް ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ހުއްޓުމަކަށް އައިސް އޮތްއޮތުން ނިމުމަކަށް ގެނެސް އަލުން ހަރަކާތްތައް ފެށުމުގެ ގޮތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ނިންމީ ކަމަށެވެ.

ކުލަބް ރެނެއަސަންސް އަކީ 2005 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ނަރުދޫގައި ކުޅިވަރާއި އިޖުތިމާޢީ ދާއިރާގައި ހަރަކާތްތެރިވެ މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކުލަބެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

Leave a Reply to Shuheyl ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި