މަކުނުދޫގައި ކުޑަކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން ހުކުމްކޮށްފި

8DFA50FD-E724-4472-83F3-37337E10D688

ހދ.މަކުނުދޫގައި ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި ކުރި ދައުވާއެއް ނުބަލަން ހދ. މަކުނުދޫ މެޖިސްޓްރޭޓު ކޯޓުން ކޮށްފައި އޮތް ހުކުމެއް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފިއެވެ.

2013 ވަނަ އަހަރުގެ ތެރޭގައި ކުޑަކުއްޖަކާ މެދު އެކި ފަހަރު މަތިން ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކަށް ކުރި ދައުވާއެއް އެ ރަށު މެޖިސްޓްރޭޓު ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ، ދައުލަތުގެ ދައުވާގެ ސީޣާގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެވެ. އެ ދައުވާ އެ މީހާގެ މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

މަކުނުދޫ މެޖިސްޓްރޭޓު ކޯޯޓުން 27 ސެޕްޓޭމްބަރު 2016 ގައި އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ކުރި ހުކުމް، ދައުލަތުގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، އިއްޔެ ހައިކޯޓުން ވަނީ އެ މައްސަލައިގައި ގޮތެއް ނިންމައި ހުކުމްކޮށްފައެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ، މަކުނުދޫ މެޖިސްޓްރޭޓު ކޯޓުގެ ހުކުމް ބާތިލުކޮށް، ދައުލަތުން ހުށަހެޅި ސީޣާގައި މައްސަލަ ބަލަން އަލުން މަކުނުދޫ ކޯޓަށް ފޮނުވުމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *