ވައިޓް އެލާޓް: މ އަތޮޅުން ފެށިގެން ހއ. އަތޮޅާ ދެމެދު

5B0CC256-8B53-4722-887B-E236AAE3A23E

ކުުރިއަށް އޮތް ދެދުވަހު މުޅި ރާއްޖެއަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓްއޮފީސް) އިން ބުނެފިއެވެ.

މިއަދު 03:00 އިން ހެންދުނު 08:00 އަށް ވައިޓް އެލާޓް ނެރުނީ މ އަތޮޅުން ފެށިގެން ހއ. އާ ދެމެދުގެ އަތޮޅުތަކަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެތިން ދުވަހު އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށާ ދެކުނަށް ވާރޭ ވެހުނު ނަމަވެސް ދެ ދުވަސް ތެރޭ ދެކުނުގެ އަތޮޅުތަކަށް މޫސުން ކޮންމެވެސް ވަރަކަށް ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކި އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. ދެކުނާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާ އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ އިރު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ލަފާކުރެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *