ޝައުނާއަކީ އެތައް ދަރިވަރުންތަކަކަށް ކީރިތި ޤުރުއާން އުނގަންނައިދިން އެދުރެއް!

0B2EE8EA-7E40-432B-8F02-0DE150DC86F3

އަޅުގަނޑުމެން ދުޢާކުރީމުއެވެ. ޢާއިޝަތު ޝައުނާ ހެޔޮ ޙާލުގައި ވަނިކޮށް އަޅުގަނޑުމެންނާ ބައްދަލުވުމަށެވެ. އެހެން ނަމަވެސް، އެ އުޚްތާވަނީ މިރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ޙާދިސާގައި މިދުނިޔެއާ ވަކިވެފައެވެ. ދިރިތިބީންގެ ހިތްތައް ރޮއްވަމުންނެވެ.

إنا لله وإنا إليه راجعون
ޢާއިޝަތު ޝައުނާއަކީ ޢިލްމު އުނގެނުމުގެ އެފަދަ ދެވަނައެއް ނެތް މިސާލެކެވެ. ޢުމުރުގެ ދޮށީކަމަށް ފަރުވާލެއް ނެތި، ލިބުނު ފުރުސަތުގެ ބޭނުން ހިފާ، ޤުރުއާން ކިޔަވައިދިނުމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައެވެ.

ޝައުނާއަކީ އެތައް ދަރިވަރުންތަކަކަށް ކީރިތި ޤުރުއާން އުނގަންނައިދިން އެދުރެކެވެ. އެތައް ކުއްޖެއްގެ ހިތްތަށް ފަތަޙަކޮށްފައިވާ އޯގާތެރި މުދައްރިސެކެވެ. އުނގަންނައިދިނުމުގެ ދާއިރާގައި ގިނަ އަހުރަތަކެއް ވާންދެން މަސައްކަތްކުރެއްވި ޚިދުމަތްތެރިއެކެވެ.

މާތް الله މަރްޙޫމާގެ ފާފަތައް ފުއްސަވާ، ފުރާނަޔަށް ހެޔޮ ރަޙުމަތް ލައްވާ ޖަންނަތުގެ ހިޔާވަހިކަން ދެއްވާށި! ޢާއިލާއާއި ރަޙުމަތްތެރިންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވާށި!

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *