ކުދުއްފުށިން ނައިފަރަށް ދަތުރުކުރި މާބަނޑު މީހެއް ހާލު ދެރަވެ ނަރުދޫގައި ފަރުވާދެނީ

ގަދަ ކަނޑުގައި ލޯންޗެއް ދަތުރު ކުރަނީ، ފޮޓޯ: މިހާރު
ގަދަ ކަނޑުގައި ލޯންޗެއް ދަތުރު ކުރަނީ، ފޮޓޯ: މިހާރު

ކުޅުދުއްފުށީ ސިޓީއިން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި އިން މާބަނޑު މީހެއް ކަނޑު ގަދަވުމުގެ ސަބަބުން، ހާލު ދެރަވެގެން ށ. ނަރުދޫއަށް ބަނދަރުކޮށް، ނަރުދޫ ސިއްހީ މަރުކަޒުގައި އެމީހާއަށް ފަރުވާ ދޭން ފަށައިފިއެވެ.

އެ ލޯންޗްގައި ތިން މާބަނޑު މީހުން ތިއްބެވެ. އެ މީހުންނަކީ އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަބަޔެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެމީހުން ރޭ ކުޅުދުއްފުށީގައި މަޑުކުރުމަށްފަހު އަނބުރާ ނައިފަރަށް ދިއުމަށް ދަތުރުފެށީ މިއަދު ހެނދުނުއެވެ.

ނަރުދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު މުސަތަފާ މޫސާ "ތިލަދުން"އަށް ވިދާޅުވީ، ނައިފަރަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އިން މާބަނޑު މީހެއ،ް ކަނޑުގަދަވުމުގެ ސަބަބުން ހާލު ދެރަވެގެން ނަރުދޫ ސިއްހީ މަރުކަޒަށް ގެންނަންވެގެން ލޯންޗުން ގުޅިކަމަށް އޭނާއާއި ސިއްހީ މަރުކަޒުން ހިއްސާ ކުރީ ހެނދުނު 8:15 ހާއިރު ކަމަށެވެ.

"މިކޮޅުގައި ހުންނަވަނީ މެޑިކަލް އޮފިސަރެއް ކަމަށްވުމާއެކު އަޅުގަނޑު ހަމައެވަގު އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރަށް ގުޅައި މަޝްވަރާ ހޯދިން، މެނޭޖަރ އިރުޝާދުދެއްވީ ވަގުތުން އެ ކޭހަށް އެޓެންޑްވުމަށް، އޭރު ލޯންޗްވެސް ފަޅަށް ވަދެއްޖެ، ދެން މަރުކަޒަށް ގެނެސް ހާލު ދެރަވި މީހާއަށް ފަރުވާ ދޭން ފެށީ، މާބޮޑަށް ކަނޑު ގަދަވީމަ ބަނޑަށް ތަދުވުން ކަހަލަ ކަމެއް ދިމާވީ، އިރާދަ ކުރެއްވީ މިހާރު ސްޓޭބަލް،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، ނައިފަރަކީ މޮނިޓަރިންގައި އޮތް ރަށަކަށް ވުމާއެކު، އެ ކޭސް މެނޭޖް ކުރަމުންދަނީ އެޗްޕީއޭގެ މިންގަނޑުތަކާއެއްގޮތަށް ނަރުދޫ ސިއްހީ މަރުކަޒާއި ނަރުދޫ ކައުންސިލާއި ގުޅިގެން ކަމަށެވެ.

"ލޯންޗްގައި ތިބި އަނެއް ދެ މާބަނޑު މީހުން ވެސް ރަށަށް ބާލައި ކައުންސިލް ބެލުމުގެ ދަށުގައި ތިބީ، ކައުންސިލުން އެ މީހުން އަރާމުކުރާނެ ތަނެއް ހަމަޖައްސާފައި ވަނީ، އެމީހުން ތިބީ އެތަނުގައި، ކައުންސިލުން ގެންދަވަނީ ވަރަށް ގާތުން މިކަން ބައްލަވައި އެހީތެރިވަމުން" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، ހާލު ދެރަވި މިހާއަށް ފަރުވާ ދެމުންދަނީ ށ. އަތޮޅު ހޮސްޕިޓަލްގެ ކަމާބެހޭ ޑޮކްޓަރުންގެ ލަފައާއި އެއްގޮތަށް ކަމަށާއި، އެމީހާ އަތޮޅު ހޮސްޕިޓަލަށް ފޮނުވާނީ އިތުރަށް ހާލަތު ގޯސްވާން މެދުވެރިވެއްޖެ ނަމަ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އެހާ ގަދައިގަ ކުޅުދުފުއްޓަށް ގޮސް މެމޯ ހައްދަން ދާ ހިސާބުން މިބުނަނީ ޑޮކްޓަރ މިއަދު ނުދުރުވެއޭ. އަނެއކާ އެގަދައިގަވީ ބޭކާރުު ދަތުރަކަށްފަހު ރަށަށް ދާން.

    1. ތިކަމުގަވެސް ކުއްވެރި ވާންޖެހެނީ ހޮސްޕިޓާތަ އަހަރުމެން އަތޮލު މީހުންވެ އަދި ކުޅުދޫފުށި މީހުންވެސް ކުރިން ގުޅައި ނަންނޯޓުކޮއް ނަންބަރު ލިބޭތޯބަލާ ޔަގީން ކޮއްފަ ދަނީ. އައިޖީއެމް އެޗުގަ ދަގޮތައް ބޭނުން މީހަކައް ދެއްކޭތަ ތިދައްކަނީ ހޮސްޕިޓަލެއްގެ ވާހަކަ. ވާނުވާ ބަލާލާ ނަމަދޯ

  2. ތިކަމުގަވެސް ކުއްވެރި ވާންޖެހެނީ ހޮސްޕިޓާތަ އަހަރުމެން އަތޮލު މީހުންވެ އަދި ކުޅުދޫފުށި މީހުންވެސް ކުރިން ގުޅައި ނަންނޯޓުކޮއް ނަންބަރު ލިބޭތޯބަލާ ޔަގީން ކޮއްފަ ދަނީ. އައިޖީއެމް އެޗުގަ ދަގޮތައް ބޭނުން މީހަކައް ދެއްކޭތަ ތިދައްކަނީ ހޮސްޕިޓަލެއްގެ ވާހަކަ. ވާނުވާ ބަލާލާ ނަމަދޯ

Leave a Reply to مر يم ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި