ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރި އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020ގައި "އުރީދޫ ފެންޓަސީ ލީގް" ގެ ނަމުގައި މުބާރާތެއް އިއުލާނު ކޮށްފިއެވެ.
މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ލިބިގެންދާނެއެވެ. މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އާއި ގުޅިގެން އުރީދޫ ވޯލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމެންޓްވެސް އުރީދޫއިން ވަނީ ބާއްވާފައެވެ.
އުރީދޫ ފެންޓަސީ ލީގުގެ އިނާމުތައ ހުށަހަޅާފައިވަނީ މި ލީގުގެ ޕާޓްނަރުންނެވެ. އެއީ ވެސްޓޯ އޮންލައިން އާއި ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސްއެވެ.
އުރީދޫ ފެންޓަސީ ލީގުގައި ވަނަތަކަށް ހުށަހަޅާފައިވާ އިނާމުތައް
- 1ވަނަ އަށް ވީސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން
- 2ވަނަ އަށް ހައިސެންސް ބައި ރެޑްވޭވް ގެ ފަރާތުން ދޭ ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ.
- 3ވަނަ އަށް ސޮނީ ސްޕޯޓްސްއިން ދޭ އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗާއެއް.
- 4ވަނައިން ފެށިގެން 10ވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗާއެއް
ޔޫރޯ 2020 ފެންޓަސީ ފުޓްބޯލް އަކީ ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހްތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެކެވެ. މި ގޭމުގައި ޕޮއިންޓް ލިބިގެންދާނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށެވެ. ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށްވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެއެވެ.
We are excied & thrilled to announce Ooredoo's Fantasy Football league in the hype of Euro 2020! Register now and get your dream team ready!
To register, visit https://t.co/m1gIoc4YE0 or use Code: 64OXKZRT08
More info: https://t.co/OrnxL3nzp7#OoredooFantasyFootball #Euro2020 pic.twitter.com/92MFwmFFy2— Ooredoo Maldives (@OoredooMaldives) June 7, 2021
އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް http://ore.do/fantasyeuro20 ޒިޔާރަތްކޮށްލައިގެން ނުވަތަ 64OXKZRT08 ކޯޑް ބޭނުންކޮށްގެން ބައިވެރިވެވޭނެއެވެ.