މިއީ މޫދުގައި އުޅޭ ސްޕައިޑަރ މޭނެއް!

7D726E8F-A34D-45C3-83B4-66C026417C63

އާންމު ގޮތެއްގައި ސްޕައިޑަރ މޭން ފެންނާނީ ނިޔު ޔޯކް ޝަހަރުގެ ގޯޅިތަކުންނާއި މަގުތަކުންނެވެ. ބޮޑެތި އިމާރާތްތަކުން ފުންމާ އުޅޭތަނެވެ. ނަމަވެސް މި ޖަޒީރާ ދިވެހިރާއްޖޭގެ ސްޕައިޑަރމޭން މި އުޅެނީ މޫދުގައެވެ. މި ގެެނެސްދެނީ ހދ ވައިކަރަދޫ އަށް އުފަން ހުނަރުވެރި ކައިޓް ސާފަރ އަބްދުﷲ ޝާފީއެވެ.

މިވަގުތު ކްރޮސްރޯޑް މޯލްޑިވްސްގެ ބެސްޓް ޑައިވްގައި މަސައްކަތްކުރަމުންދާ 31 އަހަރުގެ ޝާފީ، ކައިޓް ސާފްކުރާތާ ގާތްގަނޑަކަށް ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެދާނެއެވެ. އޭނާ މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ 2009 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުން މޫދު ކުޅިވަރުގެ ސާމާނު ފެނުނު ހިސާބުންނެވެ. އެހިސާބުން ޝާފީއަށް އޭނާގެ ހިތް، މޫދަށް ދެވިއްޖެއެވެ.

ޝާފީއަށް މި ދާއިރާގައި އިމްތިހާންތަކާއިވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. އަނިޔާއަކާއި ގުޅިގެން ތިން އަހަރަށް ވުރެ ގިނަ ދުވަސްވަންދެން އޭނާ ކައިޓްބޯޑިންގާއި އަލްވަދާއު ކިޔަން ޖެހުނެވެ. ނަމަވެސް އޭނާގެ ވޭކްބޯޑިންގް ކޯޗް މުހައްމަދު ބޯބުޅީގެ އެހީއާއި އެކު އަލުން މޫދަށް އައެވެ. މިހާރު ވައިޖެހޭނަމަ ޝާފީއަކީ ކައިޓްއިން ފެންނަ ފަރާތެކެވެ. ނުވަތަ މޫދު މަޑު ދުވަހެއްނަމަ ވޭކްބޯޑުން ފެންނަ ޒުވާނެކެވެ.

ޝާފީ ބުނިގޮތުގައި ތިމާގެ ހުނަރުވެރިކަމާއި ވިސްނުންތެރިކަމަކީ މޫދު ކުުޅިވަރުގެ އުފާ އިތުރުކުރުމަށް މުހިންމު ކަމެކެވެ. “ހަމައެކަނި އެއް ފަރާތެއްގައި ހުރެގެން ރަނގަޅަށް ކަމެއް ނުވާނެ. މީގަ މުހިންމުކަމަކީ ކްރިއޭޓިވްވެ، ރަނގަޅުގޮތް ހޯދުމަށް ގިނަ ގޮތްތަކަށް މަސައްކަތް ކުރުން" އޭނާ ބުންޏެވެ.

ޝާފީ ބުނިގޮތުގައި އޭނާ އުމުރުން ވިހި އަހަރު ވަންދެން ކުޅިވަރުގެ މައިދާނުގައި އޭނާ އެމީހަކަށް ބަލާނެ މީހެއް ނެތެވެ. އެހެންކަމުން ޝާފީގެ އުންމީދަކީ މި ހުނަރު އޭނާގެ ދަރިއަށް ކިޔަވައިދީ، މޮޅު ކުއްޖަކަށް ހެދުމެވެ.

މަސްދަރު: ރާޅުގުޑި އެފްބީ ޕޭޖް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *