"ރެހެންދި" ލޯންޗުގެ ދަތުރުތައް މާދަމާ ފަށަނީ

B3272CF8-807A-4598-8531-0B9C4B562233

"ރެހެންދި" ލޯންޗުގެ ދަތުރުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

ހއ. އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫ، ވަށަފަރު، އުތީމު ހަނިމާދޫ، ކުޅުދުއްފުށްޓަށް އަދި ކުޅުދުއްފުށި، ހަނިމާދޫ، އުތީމު، ވަށަފަރު، ދިއްދުއަށް ކަމަށެވެ. މި ދަތުރުތައް ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގުތައް:

  • ދިއްދޫ-ވަށަފަރު: އެއްކޮޅަށް 100ރ، ދެކޮޅަށް 150ރ،
  • ވަށަފަރު-ހަނިމާދޫ: އެއްކޮޅަށް 200ރ، ދެކޮޅަށް 300ރ،
  • ވަށަފަރު-ކުޅުދުއްފުށި: އެއްކޮޅަށް 200ރ، ދެކޮޅަށް 300ރ،
  • ދިއްދޫ-އުތީމު: އެއްކޮޅަށް 100ރ، ދެކޮޅަށް 150ރ،
  • ދިއްދޫ-ހަނިމާދޫ: އެއްކޮޅަށް 200ރ، ދެކޮޅަށް 300ރ،
  • އުތީމު-ކުޅުދުއްފުށި: އެއްކޮޅަށް 200ރ، ދެކޮޅަށް 300ރ،
  • އުތީމު-ހަނިމަދޫ: އެއްކޮޅަށް 200ރ، ދެކޮޅަށް 300ރ،
  • ހަނިމާދޫ-ކުޅުދުއްފުށި: އެއްކޮޅަށް 200ރ، ދެކޮޅަށް 300ރ،
  • ދިއްދޫ-ކުޅުދުއްފުށި: އެއްކޮޅަށް 200ރ، ދެކޮޅަށް 300ރ.

ދަތުރުކުރާ ގަޑިތައް:

  • ދިއްދޫ: ފުރަންޖެހޭ ގަޑި- 7:30
  • ވަށަފަރު: ލަފަންޖެހޭ ގަޑި- 7:40، ފުރަންޖެހޭ ގަޑި- 7:45
  • އުތީމު: ލަފަންޖެހޭ ގަޑި- 7:57، ފުރަންޖެހޭ ގަޑި- 8:02
  • ހަނިމާދޫ: ލަފަންޖެހޭ ގަޑި- 8:20، ފުރަންޖެހޭ ގަޑި- 8:25
  • ކުޅުދުއްފުށި: ލަފަންޖެހޭ ގަޑި- 8:55، ފުރަންޖެހޭ ގަޑި- 14:30
  • ހަނިމާދޫ: ލަފަންޖެހޭ ގަޑި- 15:00، ފުރަންޖެހޭ ގަޑި- 15:05
  • އުތީމު: ލަފަންޖެހޭ ގަޑި- 15:23، ފުރަންޖެހޭ ގަޑި- 15:27
  • ވަށަފަރު: ލަފަންޖެހޭ ގަޑި- 15:45، ފުރަންޖެހޭ ގަޑި- 15:50
  • ދިއްދޫ: ލަފަންޖެހޭ ގަޑި- 16:00

ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑީގައި ހއ އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ. އަދި ދިއްދޫ ފިޔަވައި އެހެންރަށްރަށުން ދަތުރުކުރަން ބޭނުންފުޅުވާ ފަރާތްތަކުން ދަތުރުފެށުމުގެ އެއްދުވަސް ކުރިން އެ ކައުންސިލުގެ 6500120 ނަންބަރާ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް އެދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *