•  
  •  
  •  
  •  
  •  
  •  

ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ

މަޖިލީޙުގެ ފުރަތަމަ ދައުރު ނިންމައި، ޗުއްޓީއަށް ގޮސްފައިވަނީ، މިދިޔަ ހަފްތާގައި ބުރާސްފަތި ދުވަހު އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތާވަލުކޮށް މާދަމާ އަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދިފައިވަނީ  އެމްޑީޕީގެ ފަރާތުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަދުން ހުސައިން) އެވެ.

މަޖިލިހުގެ ގިނަ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންފައި ވަނިކޮށް، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހުށަހެޅިކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާ ބާއްވަން ހުށަހެޅީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް ހަމަޖައްސަންވާނެ އެވެ. ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި މިހާރު ހިމެނޭ 87 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.

މި ބިލަށް އިސްލާހު ގެންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވީ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ