•  
  •  
  •  
  •  
  •  
  •  

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކެއް ބޭއްވުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މަޖިލިހުގެ އިދާރާގައި އެދިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން އެމްޑީޕީގެ ފަރާތުން މިހާރު މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ޗުއްޓީއަކަށް މަޖިލިސް ވަނީ ގޮސްފަ އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް ހަމަޖައްސަންވާނެ އެވެ. ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި މިހާރު ހިމެނޭ 87 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.

ނަޝީދު ކުރިން ވިދާޅުވީ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވި ނަމަވެސް ކުއްލި ކަމެއް ދިމާވެއްޖެ ނަމަ، ޖަލްސާތައް ބާއްވަވާނެ ކަމަށެވެ.

ޚިޔާލު

Your email address will not be published.