•  
  •  
  •  
  •  
  •  
  •  

ރޭ އަނެއްކާވެސް ވެފައިވާ އެތައް ބައެއްގެ އިންތިޒާރުތަކަށް ނިމުން އައި ރެޔަކަށެވެ. އެތައް ބަޔަކު، އެ އެއްޗެއް ބަލާލުމަށްޓަކައި އިންތިޒާރުކޮށްގެން ތިބި އައިފޯން 11 ރޭ ވަނީ ދައްކާލާފައެވެ. ފޯނު ބާޒާރަށް ނެރޭއިރަށް ގަންނަން ތައްޔާރުވަމުންދާ މީހުންވެސް ބައިވަރެވެ.

ސްމާޓްފޯނާއި ޓެކްނޮލޮޖީގެ ވާހަކަތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނާގޮތުގައި އައިފޯން 11 އަކީ ގަންނަން ރަނގަޅު ފޯނެކެވެ. އެފަރާތްތަކުން އެކަމަށް ބާރުދޭ އެތައް ސަބަބެއްވެސް ދައްކަމުންދެއެވެ. ހަމައެހެންމެ، ފޯނުގެ އަގަށް ބަލާއިރުވެސް، މިއީ އެކަށޭނެ ފޯނެއްކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

މި ފޯނުގެ ކެމެރާއަށް ބަލާއިރު ފޯނުގެ ފަހަތުގައި ދެ ކެމެރާވެއެވެ. އެއީ 12 މެގަޕިކްސެލްގެ ދެ ކެމެރާއެވެ. އެއް ކެމެރާއަކީ 26 މިލިމީޓަރުގެ ވައިޑު ކެމެރާއެއްކަމަށްވާއިރު އަނެއް ކެމެރާއަކީ 13 މިލިމީޓަރުގެ އަލްޓްރާވައިޑް ކެމެރާއެކެވެ. ހަމައެހެންމެ، މި ކެމެރާއާއެކު ހައި ކީ މޮނޯ ލައިޓިންހ ފީޗަރ އެއްވެސްވެއެވެ. މީގެއިތުރުން، އޮޓޮމެޓިކް ނައިޓް މޯޑާއެކު، ގޫގުލް ޕިކްސެލްގެ ބޮޑު ވާދަވެރިއަކަށްވެސް އައިފޯން 11 ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

މީގެއިތުރުން، ކެމެރާއަށް ގެނެސްފައިވާ އެހެން މައިގަނޑު އެއް ބަދަލަކީ ކުއިކްޓޭކް ފީޗަރ އެވެ. އެއީ، ވަކި ސެކްޝަނަކަށް ނުގޮސް، އެއް ބަޔަކުން، އެއް ފިތަކުން ފޮޓޯ އާއި ވީޑިޔޯ ނެގުމެވެ.

ފޯނުގެ ކުރިމަތީގައި ހަރުކޮށްފައިވަނީ 12 މެގަޕިކްސެލްގެ ކެމެރާއެކެވެ. މި ކެމެރާއިންވެސް ސްލޯ މޯޝަން ވީޑިޔޯ ނަގާ، ފޯކޭ ކޮލިޓީގައިވެސް ވީޑިޔޯ ކުރެވޭނެއެވެ.

ފޯނުގެ އެހެން ބައެއް ސިފަތަކަށް ބަލާއިރު، މުޅި ފޯނަކީ އެޕަލްގެ އައު އޭ13 ބަޔަނިކް ޗިޕުން ބާރުދޭ ފޯނެކެވެ. އެޕަލް އިން ބުނާގޮތުގައި މިއީ ސްމާޓްފޯނަކަށް ލައްވާފައިވާ އެންމެ ހަލުވި ޖީޕީޔޫ އެވެ.

އައިފޯނު 11 ހަ ކުލައެއްގައި ގަންނަން ލިބޭނެއިރު، އަގަކީ 699 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް ދިވެހި 10،764 ރުފިޔާއެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ