•  
  •  
  •  
  •  
  •  
  •  
  •  

29 އޯގަސްޓް 2019 ވަނަ ދުވަހަކީ ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ކަނޑުމަތީގެ ހިތާމަވެރި އެއް ހާދިސާ ހިނގި ދުވަހެވެ. މާލެ ދިއުމަށް ހަނިމާދޫ އެއަރޕޯރޓަށް 10 މީހުން ގޮވައިގެން ދަތުރުކުރި ހދ. ނޮޅިވަރަންފަރުގެ ލޯންޗެއް ހަނިމާދޫ އުތުރުކޮޅުން ބަންޑުންޖަހާލި ހިތާމަވެރި ދުވަހެވެ. މުޅި ތިލަދުންމަތި ކަރުނައިން ފޯކޮށްލި މިދުވަހުގެ ވާހަކަ ވަގުތުން ވަގުތަށް ކުރިންވަނީ ގެނެސްދެވިފައިކަމުން މިތާ އެވާހަ ކުރުކޮށްލާނަމެވެ.

​​މިހާދިސާއިން ނެގުނު އެންމެ ބޮޑު އެއްފިލާވަޅަކީ، ހަނިމާދޫ ސިއްޚީމަކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކުރުމުގެ މުހިންމު ކަމެވެ. ވަސީލަތްތަކުގެ ގޮތުން ފުރިހަމަ ތަނަކަށް ހަނިމާދޫ ސިއްޚީ މަރުކަޒުވުމުގެ މުހިންމު ކަމެވެ. ލިބި ހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން 29 އޯގަސްޓް 2019 ވަނަ ދުވަހު، ހަނިމާދޫ ސިއްޚީމަރުކަޒުގެ މުވައްޒަފުން ކުރެއްވީ ނަމޫނާ ތައުރީފު ހައްޤު މަސައްކަތެއްކަން ފާހަގަކޮށްލަމެވެ. 29 އޯގަސްޓް 2019 ވަނަ ހާދިސާއާއި އެއްވަރު ނުވިޔަސް މިފަދަ ބައެއް ހާދިސާތައް ކުރިންވެސް ހިންގާފައި އެބަހުއްޓެވެ. އެހާދިސާތަކުގައިވެސް ހަނިމާދޫ ސިއްޚީމަރުކަޒުވަނީ އެންމެ ކައިރީ ހުންނަ ސިއްޚީ ފަރުވާދޭ މަރުކަޒަށެވެ.

ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއަރޕޯރޓެއް ޤާއިމުކޮށް ޚިދުމަތް ދެވެން ފެށުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފުރާ ހާލު ބޮޑު ބަލިމީހުނަށް އެތައް ތަކުލީފެއް ކުޑަވެއްޖެއެވެ. މީގެ ދުވަސްކޮޅެއް ކުރިންނަމަ އެމެޖެންސީގައި މާލެ ގެންދަން ބޭނުންވާ ބަލިމީހުން ގެންދަންޖެހެނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓަށެވެ. އުތުރުގެ ތިން އަތޮޅުންވެސް ހާލުބޮޑު ބަލިމީހުން މާލެ ގެންދިއުމަށް ބޭނުންކުރަމުންއައީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓެވެ. މިގޮތަށް ގެންދާ މީހުންނަށް ހަނިމާދޫއިން އިތުރު ފަރުވާއެއް ދޭންޖެހިއްޖެނަމަ ނުވަތަ ފްލައިޓް ޑިލޭވެއްޖެނަމަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އެފަދަ މީހުން ހަނިމާދޫ ސިއްޚީ މަރުކަޒަށް ބަދަލުކުރެވި ފަރުވާދޭން ޖެހޭ ހާލަތްތައް އާދެއެވެ. ކުޅުދުއްފުށީ އެއަރޕޯރޓަށްދަތުރުތައް ފަށާފައިވީނަމަވެސް، ހަނިމާދޫ އިންޓަރނެޝަނަލް އެއަރޕޯޓަށް ކުރެވޭ ދަތުރުތަކަށް ބަދަލުއައިސްފާނުވާތީ، އަދިވެސް ބަލިމީހުން އުފުލުމުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ދައުރަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

​​އުތުރު ސަރަޙައްދުން ބަލިމީހުން އުފުލާ ވައިގެ ބަނދަރު އޮންނަ ރަށަކަށް ހަނިމާދޫ ވުމާއި، އުތުރު ސަރަޙައްދުގެ މައި ވައިގެ ބަނދަރު އޮންނަ ރަށަށް ހަނިމާދޫ ވުމުގެ އިތުރުން އުތުރުގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ސިޓީ ހޮޓާ ހުންނަރަށަށް ހަނިމާދޫވުމާއި، ފަތުރުވެރިކަމުގެ ގެސްޓް ހައުސްތަކާއި، ރަށުގެ ކައިރީ ސަފާރީތައް ބަނދަރުކޮށްފައި ހުރުމާއި، ދަތުރުވެރިންގެ މައި ހަބެއްގެ ގޮތުގައި ހަނިމާދޫއޮތުމާއި، ރަށުގެ އާބާދީއާއި، ރަށުންލިބެން ހުރި ވަސީލަތްތަކުގެ ސަބަބުން ރަށަށް ހިޖުރަކޮށްގެން އުޅޭ މީހުން ގިނަރަށަކަށްވުން ފަދަ އެތައް ސަބަބުތަކެއް ހުރުމުން ހަނިމާދޫ ސިއްޚީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީ ވެފައި ހުރުމުގެ މުހިންމުކަން ދޭހަ ކޮށްދެއެއެވެ. މިކަމަކީ، ކަމާބެހޭ އެންމެހާ ފަރާތްތަކުން އަވަސް ފިޔަވަޅުއަޅުއްވަން ޖެހޭ ކަމެކެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް