•  
  •  
  •  
  •  
  •  
  •  

‏ދުނިޔޭގެ ޕޯސްޓްދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ޤައުމީ ތަރައްޤީއަށް ޕޯސްޓްގެ ސަބަބުން އަންނަ ކުރިއެރުންތަކާމެދު ޢާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ޕޯސްޓް ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަމަހުގެ 9 ވަނަ ދުވަހެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވީ 1906 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަދުވަހުއެވެ. ޕޯސްޓްގެ ޚިދުމަތް ވިޔަފާރި އުޞޫލުންދޭ ގޮތަށް ސަރުކާރުން ހަމަޖައްސަވައި ކުރީގެ ޕޯސްޓަލް ޑިޕާރޓްމަންޓް ސަރުކާރުގެ ވިޔަފާރި ކުންފުންޏަކަށް ބަދަލުކުރެއްވީ 1994 ވަނަ އަހަރުއެވެ.

މުވާޞަލަތީ ޒަމާނީ ޚިދުމަތްތަކާ، އެއާގުޅޭ ޓްކްނޮލޮޖީ، ރާއްޖެއަށް ތަޢާރަފްވުމާއި، ދުނިޔޭގެ ގިނަ ހިސާބުތަކަށް އެފަދަ ޓެކްނިލޮޖީ ޢާންމުވާން ފެށުމުން، ޕޯސްޓްގެ ޚިދުމަތް މެދުވެރިކޮށް ސިޓީބިޓީ ބަދަލުކުރުންފަދަ ބޭނުންތައްކުރާ މީހުންގެ ޢަދަދު މަދުވިއެވެ. އެހެންނަމަވެސް އީ ކޮމާރސްގެ ކާމިޔާބީއާ އެކު ދުނިޔޭގައި ޕޯސްޓުގެ ޚިދުމަތުގެ ބޭނުން ހިފާ މީހުން އެތަށް ގުނައަކަށް އިތުރުވުމާއެކު، އަނެއްކާވެސް ޕޯސްޓްގެ މަޤްބޫލްކަން އިންތިހާއަށް މިވަނީ އިތުރުވެފައެވެ.

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް ތޭރަ ސަތޭކަ އަހަރު ފުރިފައިވާ އިރު، ޕޯސްޓުގެ ޚިދުމަތް އަދިވެސް ވެފައި މިވަނީ ގިނަ ބަޔަކު ބޭނުން ހިފާ ޚިދުމަތަކަށެވެ. މި ޚިދުމަތަކީ ޒަމާނީ ބަދަލުތަކާއި އެކު އާއްމުންނަށް ފަސޭހަ އަދި ބަރޯސާ ވެވޭނެ ފަދަ ގޮތަކަށް ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯސްޓުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް