ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
  •  
  •  
  •  
  •  
  •  
  •  

ހދ.އަތޮޅު ޓުއަރިޒަމް އިތުރަށް ފުޅާކުރުމާއި ބެހޭގޮތުން ހދ އަތޮޅުގެ 5 މެންބަރުން މިނިސްޓަރ އޮފް ޓުއަރިޒަމް އަލްފާޟިލް ޢަލީ ވަޙީދުއާއި ބައްދަލުކޮށްފިއެވެ.

މިބައްދަލުވުން އޮތީ މިއަދު މެންދުރު މިނިސްޓްރީ އޮފް ޓުއަރިޒަމްގައެވެ. މިބައްދަލުވުމުގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދާއި، އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފުއާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ހދ އަތޮޅު މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންކަން ފާހަގަ ކުރެވެއެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ހދ. އަތޮޅުގައި އިތުރަށް ރިޒޯޓް ތަރައްޤީ ކުރެވެންހުރި ރަށްތަކާއި ބެހޭގޮތުންކަމަށް ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ. މިޓްވީޓް ރިޓްވީޓް ކުރައްވަމުން މަކުނުދޫ ދާއިރާގެ މެންބަރ ރާއީ ބުނެފައިވަނީ އިރާދަކުރެއްވިއްޔާ ހދ އަތޮޅުގައި ރިސޯޓް ހުޅުވިގެންދާނެކަމަށާއި ހދ ޒުވާނުން ހދ ގައި ހުޅުވާ ރިސޯޓް ތަކުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިނިސްޓަރ އަލީ ވަހީދާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް އަދި މަޖިލިސްގެ އިއްޒަތްތެރި ރައީސް މުޙައްމަދު ނަޝީދުއަށް ޝުކުރު އަދާކޮށްފައެވެ.

 

1 ޚިޔާލު

  1. ތިއީ ހުސްގޭމް. މަޖިލީސް ޗުއްޓީއަށް ދިޔައީމަ ރައްޔިތުންގެ ބޮލަށް ޗިޕު ޖަހަންވެގެން ނަގާފައިވާ މަންޒަރެއް.

Your email address will not be published.

More in ބޮޑު