ހާޓް އެޓޭކެއްޖެހި މުރުސީގެ ހަގު ދަރިކަލުން އަވަހާރަ ވެއްޖެ

41B74166-4C82-40E2-88C4-2DA9BF2D5965

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ އެންމެ ހަގު ދަރިކަލުން އަބްދުﷲ މުރްސީ ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ އެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އަބްދުﷲ މުރުސީ އަވަހާރަ ވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންކަމަށް އާއިލާއިން ބުނެއެވެ. އަބްދުﷲ މުރުސީ އަވަހާރަވެފައި މިވަނީ ބައްޕާފުޅު އަވަހާރަވިތާ 78 ދުވަސް ފަހުންނެވެ. މިސްރުގެ ސަރުކާރުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އުމުރުފުޅުން 24 އަހަރުގައި އަވަހާރަވި އަބްދުﷲ މުރްސީ ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައްޕާފުޅު މުރުސީ އަވަހާރަވުމުން އާއިލާގެ ތަރުޖަމާނެެއްގެ ގޮތުގައި އެވެ.

މިސްރު ސިފައިންގެ ބަގާވާތަކުން ވެރިކަމުން ދުރުކުރި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ، ކޯޓު ތެރޭގައި އަވަހާރަވީ މިއަހަރުގެ ޖޫންމަހުގެ 17 ވަނަދުވަހުއެވެ.

މުރުސީ އަކީ 2012 ވަނަ އަހަރު މިސްރުގައި އޮތް ޑިމޮކްރެޓިކް އިންތިހާބުން ރައީސްގެ މަގާމަށް އައި ބޭފުޅެކެވެ. މުރުސީ ވެރިކަމަށް އިންތިހާބުވީ 2011 ވަނަ އަހަރު އަރަބް ސްޕްރިންގ ގެ ނަމުގައި މަޝްހޫރުވި ހަރަކާތުގެ ތެރެއިން މިސްރުގައި ކުރިއަށް ދިޔަ ވަރުގަދަ މުޒާހަރާތަކަށްފަހު ހުސްނީ މުބާރަކުގެ 30 އަހަރުވީ ދިގު ވެރިކަން ވައްޓާލުމަށް ފަހުގައެވެ.

އެހެނަސް މުރުސީގެ ވެރިކަމުގެ ދައުރުން އޭނާއަށް ފުރިހަމަކުރަން ލިބުނީ އެންމެ އަހަރެކެވެ. ގިނަ ބާރުތަކެއް މުށުގެތެރެއަށް ލައްވައިގެން ކަންކަން ކުރަން އުޅުމުގެ ނަތީޖާކަމަށް ބުނެ، މުރުސީއާ ދެކޮޅަށް މިސްރުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއިރު، އޭނާގެ ވެރިކަން ނިމުމަކަށް އައީ އަސްކަރީ ބަޣާވާތަކުންނެވެ.

އެއަށް ފަހު، މުރުސީ ނިސްބަތްވާ މުސްލިމް ބުރަދާހޫޑް ޖަމާއަތް ވެސް ވަނީ ފުނޑުފުނޑުވެފައެވެ.

މުރުސީ އަވަހާރަވެފައިވަނީ އުމުރު ފުޅުން 67 އަހަރުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *