އިންޓަނެޓް ޕެކޭޖެއް ހިލޭ ތަޖުރިބާކުރުމުގެ ފުރުސަތު ދިރާގުން ދެނީ

Cake-cutting-1-810x541

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ދެ މަސްދުވަހުގެ މުއްދަތަށް ހަލުއި ސްޕީޑު އަދި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި، ދިރާގު ފައިބަ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ކަސްޓަމަރުން މިހާރު ގެންގުޅޭ ޕެކޭޖްގެ އަގުގައި އެ ޕެކޭޖަށް ވުރެ މަތީގެ ޕެކޭޖެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެހެންކަމުން، ކަސްޓަމަރުންނަށް ގިނަ އެލަވަންސް އަދި ހަލުއި ސްޕީޑް ތަޖުރިބާ ކޮށްލެވޭނެ އެވެ.

ދިރާގުން ބުނީ ދެ މަސްދުވަހުގެ ތެރޭގައި، ކަސްޓަމަރުންނަށް އަނބުރާ ކުރީގެ ޕެކޭޖަށް ބަދަލު ވެސް ކޮށްލެވޭނެ ކަމަށެވެ. އަދި ދެ މަސްދުވަސް ހަމަވުމުން ޕެކޭޖު ބަދަލު ނުކުރުމުގެ އިހުތިޔާރު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިރާގު ވެބްސައިޓުގެ މައިއެކައުންޓުން ޕެކޭޖް ބަދަލުކުރުމަށް އެޕްލައި ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. ވެބްސައިޓްގެ އިތުރުން އީމެއިލް، ނުވަތަ 123 އަށް ގުޅައިގެން ނުވަތަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގުގެ ކަސްޓަމާ ސަވިސް ސެންޓަރުތަކުން ވެސް ޕެކޭޖް ބަދަލު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި