"ރަށްފުށުގެ ޤުރުއާން މުބާރާތަކަށްވުރެ ޤައުމީ މުބާރާތުގެ އިންތިޒާމުތައް ދަށް"

126044_2a1f3ebe-c_

ރަށްފުށުގައި ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތަކަށްވުރެ ރާއްޖޭގެ ޤައުމީ ޤުރުއާން މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ނޫންކަން، ހިތާމަޔާއެކު ފާހަގަކުރައްވާކަމަށް ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޤައުމީ ޤުރުއާން މުބާރާތުގެ ފޮޓޯއަކާއެކު، ވައިކަރަދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވެފައިވަނީ އޭނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ރަށްފުށުގަ ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތަކަށްވުރެ މިޤައުމުގެ ޤައުމީ ޤުރުއާން މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ނޫންކަން ހިތާމަޔާއެކު ފާހަގަކުރަން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ތިލަދުން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ މުބާރާތުގެ ކިޔެވުން ކުރިއަށް ދަނީ ޝެޑިއުލްއާ އެއްގޮތަކަށް ނޫންކަމުގައެވެ. ހަމައެހެންމެ، މުބާރާތުގައި ބައިވެރިވެގެން ދާ ފަރާތްތަކަށް ކަންތައް ކުރަންވީ ގޮތުގައި މައުލޫމާތު އެންމެ އެކަށީގެންވާ ގޮތެއްގައި ދެމުން ނުދާކަމަށާއި، މިކަމުގެ ސަބަބުން "ވާނުވާ" ގައި ތިބެން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ ރާއްޖޭގައި "މޯލްޑިވިއަން އައިޑަލް" ފަދަ މުބާރާތްތައް ބާއްވާކަމަށާއި އެފަދަ ކަންކަމަށް މުޅި ޤައުމު އުތުރި އަރާކަމުގައެވެ. އެހެންނަމަވެސް، ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުން އެފަދަ ކަމެއް ނުފެންނަކަމަށްވެސް ވިދާޅުވިއެވެ. އަދި މުބާރާތް ބަލާލަން ތިބެނީ އެންމެ ދިހަވަރަކަށް މީހުންކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ހަމައެހެންމެ، މުބާރާތުގެ ދެ ގޮފިކަމުގައިވާ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ހިފްޠު ގޮފި ކުރިއަށްދަނީ ވަކި ދެ އިމާރާތެއްގައިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ބަލައިގެން ކިޔެވުމުގެ ގޮފި ކުރިއަށްދާ ހޯލަށް ވަދެވެނީ ވަރަށް މަދު އަދަދެއްގެ ބަޔަކަށްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މުބާރާތަށް ކުދިން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތާމެދުވެސް ނަސީމްވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތްތަކުގެ ޖަޖުކަން ކުރަން އޭނާ ވަޑައިގަންނަވާތާ ހަވަރަކަށް އަހަރުވެފައިވާކަމަށާއި އެހެންނަމަވެސް، މިހާ ދޯދިޔާކޮށްދާ މުބާރާތެއް ފެނިވަޑައިގެންފައިނުވާކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިކަންކަމާ ގުޅިގެން ވައިކަރަދޫ ކައުންސިލްގެ ރައީސް އިސްލާމީ ޤައުމެއްގެ ދަރިއެއްގެ ހައިޞިއްޔަތުން ދެރަވާކަމަށްވެސް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އިސްލާމިކު މިނިސްޓްރީގެ ތިބޭ މީހުންގެ ކަމެއްނެތީ، އަދާލަތު ޕާޓީ އާއި ޔާމިނު ކެމްޕޭން ލީޑަރުން އެތިބީ ތިޔަބުނާ ކަންކަން ކުރަން

    5
    1
  2. ތިޔަ މުބާރާތަކީ ނަމުގަ ޤުރްއާނާބެހޭ މަރުކަޒުން ބާއްވާ ކަމެއް. އިސްލާމިކް މިނިސްޓްރީގަ ތިބި އަދާލަތުޕާޓީއަށް ނިސްބަތްވާ ބަޔަކާ އެމިނިސްޓްރީގައި ހިންގާ ކޮރަޕްޓް ކަންކަމުގެ މޫލާފަތިބި ބައެއް ސިވިލް ސާވިސް އިސްމީހުން އަޑީގަ ތިބެ ވަކި ބަޔަކު ބޭނުންވާގޮތަށް ހިންގާ މުބާރާތެއް ކަމަށް ފާހަގަވަނީ. ޔާމީން ސަރުކާރުގަ އިސްލާމިކް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރަކަށް ހުރި ޢަލީ ވަހީދު މަރުކަޒުތެރޭ ފިލާ ހުރެގެން މުޅި މުބާރާތް ހިންގާ ހުރިހާ ގުނަވަނަކަށް ބާރު ފޯރުވައިގެން މިނިސްޓަރުގެ ނަމާ މި ސަރުކާރުގެ ނަމާ މުޅި ޤުރްއާނާބެހޭ މަރުކަޒުގެ ނަމަށް ހުތުރުއަރުވަން ޢަލީވަހީދު އާ އެތާނގެ ބައެއް ޓީޗަރުން އަޑީގަ ތިބެ އެއްވެސް ކަމެއް ރަނގަޅަށް ހިންގިޔަނުދީ ފެއިލްކޮށްލާފަ ވާ މުބާރާތެއް އެއީ. ޢަލީވަޙީދު ބޭނުންވަނީ މަރުކަޒުގެ ވެރިޔަކަށް ވާން.. ބައެއްޓީޝަރުން ބޭނުންވަނި ވެރިންނަށް ވާން. ހުރިހާ ފަސާދައެއް ހިންގަން ބާރުދެނީ އިސްލާމިކް މިނިސްޓްރީގެ ތެރެއިގަ ފިލާތިބި އަމިއްލަ އެދުމުން ފޯވެފައިވާ ބައެއް. އިސްލާމިކް މިނިސްޓަރ ހުރީ ވާނުވާގަ.

    5
    1
    1. ކުރީ ސަރުކާރިގަ ވިއްޔާ އެކުރާ ކަމެއް ކުރާ ކަމަށް ވަނީ ޔާމީނު.. މިސަރުކާރު ވިޔަސް ހަމަ ޔާމީނު ނަން މިވަނީ.. ތގޮތް ކަޑަ..

    2. ކަނޑައެޅިގެން ތިޔައީ ދޮގުޚަބަރެއް ކަމުގެ. ޙަޤީޤަށްނުބަލާ ތިޔަފަދަ ދޮގު ޚަބަރު ނުފަތުއްވާ!

      1
      2
  3. ހދ. ޢަތޮޅުކައުންސިލުން ބޭއްވި މުބާރާތްތައް މާ އޮގަނައިޒްކޮން ގޮސްފައި ހުރީ. ހާއްސަކޮން ނެއްލައިދޫގައި ބޭއްވުނު މުބާރާތް ވަރަށް ތަފާތު

    6
    2
  4. ކަންކަން ކުރަންއެގޭބަޔަކަށްދޯ ރަނގަޅަށް ކަމެއްކުރެވޭނީ! ރައްޔަތުންނަށް ހައްޤުމިންވަރު ޚާއްސަކޮށް ޤުރުއާން މުދައްރިސުން ކެތްކޮށްލާ! ތިޔަބައިމީހުން ބޭނުންވި ބަދަލް!

Leave a Reply to ޓޮމް ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި