ތިލަދުންމަތީ ހުނަރުވެރިން: ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރަމުން އަންނަ އުންމީދީ ޒުވާނެއް

A6066ED0-2781-4A80-A81D-DA9EF1904C5B

ކޮންމެކޮންމެ ދާއިރާއަކުން ކުރިއަށް ދިޔުމަށް ދިގު މުއްދަތަކަށް ކޮލެޖަށް ގޮސް މޮޅެތި ސެޓްފިކްޓްތަކެއް ހޯދުން މުހިންމެ ނޫނެވެ. ބޭނުންވަނީ ހިތްވަރެވެ. ހިންމަތާއިއެކު މަސައްކަތް ކުރުމެވެ. ހދ.ނައިވާދޫއަށް އުފަން އެ ރަށު ކާނިގަސްދޮށުގޭ، އުމުރުން އެންމެ 21 އަހަރުގެ އަލީ ހަނީން (ހަނީން) ސާބިތު ކޮށްދެމުން އަންނަނީ އެކަމެވެ.

ހަނީން ތަޢުލީމް ހާސިލް ކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުންނެވެ. ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު އަމިއްލަ މަސައްކަތުން ވެބްސައިޓް ހެދުމާއި ވެބްސައިޓް ޑިވެލޮޕް ކުރުމުގެ މަސައްކަތް ހަނީން ވަނީ ދަސްކޮށްފައެވެ. އިންޓަނެޓުން މަޢުލޫމާތު ހޯދައިގެން އަމިއްލައަށް ކުރި ބުރަ މަސައްކަތުން އަހަރެއްހާ ދުވަހުގެ ތެރޭގައި ރަނގަޅު ވެބްސައިޓެއް ފަރުމާކޮށްލެވޭވަރުވީ ކަމުގައި ހަނީން ބުނެފައިވެއެވެ.

2014 ވަނަ އަހަރުގެ އޯލެވެލްގެ ނެޝަނަލް ޓޮޕްޓެންގައި ހަނީން ހިމެނުން ނަމަވެސް އިތުރަށް ކިޔެވުން ކުރިއަށް ނުގެންގޮސް މަޑުޖައްސާލީ ޑިޖިޓަލް އިންޑަސްޓްރީގައި އަމަލީގޮތުން މަސައްކަތް ކުރުމަށް އޮތް ޝަޢުޤެއްގެ ބޮޑުކަމުންނެވެ. އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަން މިއަދު އޭނާ  އަންނަނީ ސާބިތުކޮށްދެމުންނެވެ.

ވެބްސައިޓްތައް ފަރުމާކުރުމާއި، ވެބްސައިޓްތައް ޑިވަލޮޕް ކުރުމާއި ލޯގޯ ޑިޒައިން ކުރުމާއި، ގްރެފިކްސް ޑިޒައިނިންގެ މަސައްކަތުގެ އިތުރުން ވީޑިއޯ ގުރަފީގެ މަސައްކަތްތައް ފަދަ ޑިޖިޓަލް މާކެޓިންގައި ކާމިޔާބު އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ އެކްސްކޯޕް ކުންފުނީގެ ސީޓީއޯގެ މަޤާމު މިއަދު ފުރަމުން އަންނަނީ މި ހުނަރުވެރި ޒުވާނާއެވެ.

އެކްސްކޯޕް ކުންފުނީގެ ވެބްޑިޒައިނިންގެ އިތުރުން އެޕް ޑިޒައިން ކުރުމުގެ ސެކްޓާގައި، އެ ސެކްޓާގެ އެހެން ބައިވެރިންނާއި އެކު ކާމިޔާބު މަސައްކަތްތަކެއް ހަނީން އަންނަނީ ކުރަމުންނެވެ. މިގޮތުން ދާދިފަހުން އެ ކުންފުނިން ނެރުނު އޮޑިއެޕް އަދި އޮޑިއެޕް އެސިސްޓެންސްއަކީ މި މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެކެވެ. އެންޑްރޮއިޑާއި އައިއޯއެސްއަށް ވެސް ބޭނުން ކުރެވޭ ފެންވަރަށް ތަރަށްޤީ ކޮށްފައިވާ މި އެޕްލިކޭޝަންގެ ފުރިހަމަކަމަށް ބަލައިލުމުން ވެސް ހަނީންގެ ވިސްނުމާއި ހަނީންގެ ޓީމުގެ ކުޅަދާނަކަން ވަރަށް ބޮޑަށް ފެނިގެންދެއެވެ.

ރާއްޖެ އުފެދިފައިވާ ގޮތުން ވަރަށް ގިނައިން ކަނޑު ދަތުރުތައް ކުރަން ޖެހެއެވެ. ނަމަވެސް އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެރީގެ ނިޒާމްތަކާއި އަދި އެއްރަށުން އަނެއްރަށަށް ދަތުރުކުރާ އުޅަނދުތަކާއި އެ އުޅަނދުތަކުގެ ދަތުރުތައް ހަމަޖެހިފައިވާ ރޫޓްތަކާއި ގަޑިތައް ފަސޭހަކަމާއި އެކު ދެނެގަނެވޭނޭ ޕްލެޓްފޯމެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ތަރައްޤީ ކުރެވިފައިވާ އޮޑިއެޕް ބަހާލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ.

https://thiladhun.wonstasite.com/47995

މިގޮތުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ އޮޑިއެޕް މެދުވެރިކޮށް ދާން ބޭނުންވާ މަންޒިލް ޖަހާލުމުން އެ މަންޒިލަށް ދަތުރުކުރާ އުޅަނދުތަކާއި އެ އުޅަނދުތަކުގެ ދަތުރުތައް ހަމަޖެހިފައިވާ ގަޑިތައް ފެނިގެންދެއެވެ. ދަތުރު ކުރެވޭނެ އަގުތައް ފެނުމުގެ އިތުރުން އޮންލައިންކޮށް ޓިކެޓް ނެގުމުގެ އިންތިޒާމާއި، ކިއުއާރު ކޯޑެއް މެދުވެރިކޮށް ދަތުރުކުރާ ފަރާތް އޮންލައިންކޮށް ބޯޑް ކުރުމުގެ އިންތިޒާމް ވެސް އޮޑި އެޕް މެދުވެރިކޮށް ހަމަޖެއްސޭނެއެވެ.

މި އެޕްގައި ހިމެނޭ ދެވަނަ ބައި ކަމުގައިވާ އޮޑި އެސިސްޓެންސް ހާއްސަ ކުރެވިފައިވަނީ އުޅަނދުގެ ވެރިފަރާތާއި ކައްޕީގެ އިތުރުން އުޅަނދުގެ ކުރޫއިންނަށެވެ.

މި ދާއިރާއަކީ އިންޓަނޭޝަނަލީ ބެލިނަމަވެސް މުސްތަޤުބަލާއި ފުރުޞަތުތައް އޮތް ދާއިރާއެއްކަން ފާހަގަ ކުރަމުން ހަނީން ބުނެފައިވަނީ ސެޓްފިކެޓަކަށްވުރެ ބޮޑަށް ބަލަނީ މަސައްކަތުގެ އުފެއްދުންތެރިކަމާއި ޚިޔާލުގެ މުއްސަނދިކަމަށް ކަމަށެވެ.

"މި މަސައްކަތް ގޭގައި ވެސް ކުރަންވީ، ކޮފީގައި އިނދެވެސް ކުރަންވީ، އެ މީހަކު މަސައްކަތް ކުރާ ހިތްވާ ގަޑިއެއްގަ ހަމަ ކުރަންވީ"

މި މަސައްކަތުގެ އެންމެ ހިތްގައިމުކަމަކީ ވަކި ގަޑިއަކަށް ކަމާކަންފަށާ ވަކިތަނަކަށް މަސައްކަތް ކުރަން ދިޔުމުގެ ބަދަލުގައި އެ މީހަކު ހިތްހަމަ ޖެހޭތަނެއްގައި އެންމެ ހިތްހަމަ ޖެހޭ ވަގުތު މަސައްކަތް ކޮށްލުމުގެ ފުރުޞަތު ލިބިގެންދާ ދިޔުން ކަމުގައި ހަނީން ވަނީ ފާހަފަކޮށްފައެވެ

މި ދާއިރާގައި ހުރި ގޮންޖެހުންތައް ފާހަގަކުރަމުން ހަނީން ބުނެފައިވަނީ ދިވެހިން އަދިވެސް ޓެކްނޮލޮޖީއަށް އިތުބާރުކުރާ މިންވަރު ކުޑަވުމަކީ މިކަމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. ކޯވިޑާއި ގުޅިގެން ފުރަބަންދުގައި ތިބެން ޖެހުމުގެ ސަބަބުން އޮންލައިންކޮށް ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ހަމަޖައްސަން ޖެހުމުގެ ސަބަބުން ޓެކްނޮލިޖީއަށް ކުރާ އިތުބާރު އިތުރުވެގެން ގޮސްފައިވާކަން ވެސް ހަނީން ވަނީ ފާހަގަކޮށްފައެވެ.

މި ދާއިރާގައި ހަނީންއަށް މިއަދު ހޯދިފައިވާ ކުރިއެރުމުގެ އަސްލަކީ އޭނާގެ މައިންބަފައިން އޭނާއަށް ކުރި އިތުބާރާއި އަދި އެކްސްކޯޕް ކުންފުނިން ދެއްވި އެހީތެރިކަމާއި އަދި އަމިއްލައަށް ކުރެވުނު ބުރަ މަސައްކަތްކަން ހަނީން ވަނީ ފާހަގަކޮށްފައެވެ. އާއިލާއަށާއި އެކްސްކޯޕް ކުންފުނީގެ އެންމެހާ ފަރާތްތަކަށް ހަނީންވަނީ ޝުކުރު އަދާކޮށްފައެވެ.

ދިވެހިން ޓެކްނޮލޮޖީއަށް ކުރާ އިތުބާރު އިތުރުކޮށް، ޑިޖިޓަލް އިންޑަސްޓްރީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅޭ އަދި ދިވެހިންގެ ދިރިއުޅުމަށް ފަސޭހަތަށް ލިބިދޭނޭ ގިނަ އޮންލައިން ޕްލެޓްފޯމްތަކެއް އުފެއްދުމަކީ ހަނީންގެ އުންމީދެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަޗާ ތަޅަން އިނދެގެން ވެސް އެސޮރު މޮޅު އެއްޗެއް އުފައްދާ ހުނަރުވެރިކަން ދައްކާލައިފިތާ. ކައިން ކަހަލަ ހަސަދައިން ތަތްތެޅިފައި ތިބޭ މީހުންނަށް ވާވަރަކީ ތިމާ އަމިއްލައަށް ކަމެއް ކުރަން ނުކެރޭތަނުގައި، އެހެން މީހަކު ކަމެއް ކުރިޔަސް ބަލައިގަންނަން ވެސް ނުކެރެނީ.

  2. ވަރަށް މޮޅު ސޮރެއް މީ! ހަނީން އަށް ޓެކްނޮލޮޖީ ކަންތަކުގަ 7898986 އަށް ގުޅުއްވާ!

Leave a Reply to ކައިން ރައްދު ކެންސަލް

Your email address will not be published. Required fields are marked *