ކުޅުދުއްފުށީ އެއާޕޯޓާއި ބެހޭގޮތުން ނަޝީދު ދެއްކެވި ވާހަކަ ޔާސިރު ދިފާއުކޮށްފި

Untitled design

ހދ. ކުޅުދުއްފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ" ކަމެއް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެންނެވީ ރަނގަޅަށް ކަމަށާއި ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމަކީ ރަށަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލަތީފު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ އޮތް ޒުވާންގެ ކޮންފަރެންސްގައި ނަސޭހަތެއް ދެއްވުމަށް ނަޝީދު ވިދާޅުވީ ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ ”މޮޔަ ކަމެއް“ ކަމަށާއި އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދަން ކަމަށެވެ.

ނަޝީދު ވިދާޅުވެފައި ވަނީ  އެއްކައިރީގައި އެއާޕޯޓެއް އަޅާލާފައި، ރަށްރަށް ހިއްކާލާފައި، މާރީތި ކުރެހުމެއް ކުރަހާލާފައި އޮންނަ ކުރެހުމަކީ ތަރައްގީއެއް ނޫން ކަމަށާއި އެއީ ބޮޑު އޮޅުމެއް ކަމަށެވެ. އަދި ގިނަ މީހުން މިހާރު ގެންގުޅޭ ރަށު ތަރައްގީގެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކައަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޔާސިރު މިވަނީ އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. ޔާސިރު ވިދާޅުވީ ނަޝީދުގެ ވާހަކަ ރަނގަޅު ކަމަށާއި ކުޅިއަށް ލިބުނު ގެއްލުން ކިރިޔާ ވެސް ފޫބެއްދެން އޮތީ ކުޅުދުއްފުށި އެއާޕޯޓުގެ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބިގެން ކަމަށެވެ. އަދި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ކޮށްދެއްވާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލް ލަތީފު ވަނީ ނަޝީދުގެ ވާހަކަ އަށް ފާޑުކިޔައި ވަހަކަ ދައްކާފައެވެ. އޭނާ ވިދާޅުވީ އެއާޕޯޓާއި ބެހޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ބަލައިނުގަންނަކަމަށެވެ. އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ ތަރައްޤީއަށް ނިކަމެތިކަން އަންނާނެ ފަދަގޮތަކަށް އެފަދަ މަގާމެއްގައި ހުރި ބޭފުޅަކު އެދެއްކެވި ވާހަކަފުޅާ މެދު ހިތާމަކުރާ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޔާސިރު ހުންނަނީ މިހާރު ނަސީދުގެ ވައި ކަޓާފައި އެހެންވެ ނަސީދުގެ ސަޕޯޓް ހޯދުމަށް ޖެއްސި ގޭމެއް އެއީ

    17
    4
  2. ރަށު ދަރިން މަޖިލީހުގެ ގޮނޑިއަށް ލިޔަކަސް ފަިދާއެއް ނެތްކަން ވަރަށް ރަނގަޅަށް ސާފުވެއްޖެ. މަގޭ ވޯޓް ޔާސިރުއަށް ހަރާން. ޜަށު ދަރިންވާންޖެހޭނީ މީހެއްގެ ދަށުނުވެ ހުރި މިނިވަނަކަށް. ނަޝީދު ދަށުވެފަ. ޜަށުގެ ދިފާއުގަ ބަސްބުނަން ނުކެރޭ ފިނޑިއެއް

    35
    4
  3. ބޭނުންވި ޕިކްޗަރު އެއް ނުފެނުން ޔާސިރް ފަރާތުން . ހިތާމަ ހުރި. ކުޅި ހިއްކައިން ވިޔަސް އެއަރޕޯޓް އަޅާފަ ތަން ޖެހޭނީ ތަރައްގީ ކުރަން. 2 އިރު ހަމަޔަށް ނުހުއްނަ އައްނި އެއްޗެއް ބުނާ އިރަށް އެޔައް ތާއީދް ކުރުމަކީ ޔަސިރް ގެ ދޯދިޔާކަން

    24
    4
  4. އެމްޑީޕީގައި އުޅޭނީ މުޅިންވެސް އަންނިގެ ޕަޕެޓުން އަންނި ބުނިގޮތަކަށް ތިބެއްޖެހޭނީ، ތިއެއަރޕޯރޓް ނުނިމި ގިނަދުވަސް ވެގެން މިދަނީވެސް އެމްޑީޕީ މީހުންނާހެދި، މިދިޔަ ސަރުކާރުން އެކަން ކުރަން ފެށުމުން އަދި ކުރުމުގެ ކުރިންވެސް އެކަން ވިޔަނުދިނުމަށް ތި ކައުންސިލް އަކުންވެސް އަދި ކުޅުދުއްފުށިގައި އެމްޑީޕީގައި އިސްކޮށް އުޅޭ ބައިގަޑުވެސް މަސައްކަތް ކޮށްފައިވަނީ، މީހަގީގަތް، މިހާރު އެއަރޕޯރޓް ނުނިމިގެން އުޅެނީ ތިކައުންސިލަރުން ނުހޮވިދާނެތީ.

    11
    4
    1. ވާނީވަސް އެހެންތާއެވެ.ޔާސިރަކީ ކަސްޓަމުގަ އުޅެފަހުރި މީކެވެ. އަދި ކަސްޓަމު މީހުނަށް ޖެހޭ "ބަލި" ބޭރަށް ފެންނަންނެތަސް އޭނާގައިގަ ވ.ބޮޑަށް ހުރެއެވެ.އަމުދުން ކުޅިވަރު ޖަމުއިއްޔާ ގަނޑަކުން މަޖިލީހަށް ވަދެވުނީމަ ވާނެހައެތި ވަނީއެވެ.ރަށްޔިތުންނާ ރަށްޔިތުންނެވެ.

      5
      6
  5. ނޭގެ ކީކޭ ކަމެއް ބުނާނީވެސް ނިމިގެން ދިޔަ 10އަހަރު ރަށަށް ލިބުނު އެއްވެސް ކުރިއެރުމެއްނެތް.. ދެން މިހާރު ތިބި 2 މެންބަރުން ވެއްޖެއްނު ރަށް ތަރައްގީ ކުރުމަށް މަސަކަތް ކުރަން ފަށަން..

    6
    1
  6. ތިޔާސިރަކީ އެއްއިރެއްގައިވެސް އެއަރޕޯޓް އެޅުމަށް ތާއީދު ކުރާމީހެއްނޫން، އޭނާގެ ސަޕޯޓަރުން އެއަރޕޯޓް އެޅުމާދެކޮޅުހަދަހަދާ އޮއްވާ އެއޮތީ އަޅަފަ، ދެންވެސް އަވަހަށް ބައި ކުދިންނަން ވަޒީފާ ދެވޭތޯބަލާ!

    2
    2
  7. ކުޅުދުއްފުށި މީހުންގެ ހައްގުގައި ވަރަށް މޮޅައް ޔާސިރު ތި ބަސްބުނީ، އެއާޕޯޓް ތަރައްގީ ކުރަންޖެހޭކަން އަންނި އަށް ތިޔަ އަންގާލީ އޭނަ ހައްދާލާފަ، ތިކަހަލަ ސިޔާސީ މީހުން އަހަރެމެން ބޭނުމީ،

Leave a Reply to ކުޅުދުއްފުށި ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި